ދެކުނު ކޮރެއާގެ ކުރީގެ ރައީސް އަށް އިތުރު ޖިނާއީ ދައުވާތަކެއް ދެކުނު ކޮރެއާގެ ކުރީގެ ރައީސް އަށް އިތުރު ޖިނާއީ ދައުވާތަކެއް

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް ގެ މައްޗަށް އިތުރު ޖިނާއީ ދައުވާ ތަކެއް ކުރުމަށް އެނާގެ މައްސަލަ ބެލުމަށްޓަކައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އުފައްދާފައިވާ ހާއްސަ ވަކީލުންގެ ޓީމުން ނިންމައިފި އެވެ.
ޔޫން އަށް ކުރާ ތުހުމަތު ތަކުގެ ތެރޭގައި, ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކުރުން، ލިޔެކިޔުންތައް އޮޅުވާލުން, މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުން ފަދަ ކުރިން ނުކުރެވޭ ތުހުމަތުތައް ހިމެނެ އެވެ. މި ދައުވާތަކަކީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫން އެގައުމުގައި މާޝަލް ލޯ އިއުލާނުކޮށް، އޭނާ މަގާމުގައި ދެމިހުރުމަށްޓަކައި އަދި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ސިފައިން ބޭނުންކުރި ކަމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާ ތަކުގެ އިތުރުން އޭނާގެ މައްޗަށް ކުރުމަށް ނިންމާފައިވާ ދައުވާ ތަކެކެވެ. ގާނޫނީ ވަކީލުން މިހާރު ތުހުމަތު ކުރާ ގޮތުގައި ޔޫން ވަނީ މާޝަލް ލޯ އިއުލާނު ކުރުމުގައި އޭނާގެ އަމަލުތައް ދިފާއު ކުރުމުގެ ގޮތުން, ނުވަތަ ހުއްޖަތެއްގެ ގޮތުން އުތުރު ކޮރެއާއި އެކު އޮތް ގުޅުން ހީނަނުކުރުމަށް މަސައްކަތް ކޮށްފަ އެވެ.
2025 ވަނަ އަހަރުގެ އޭޕްރީލް މަހު މަގާމުން ދުރުކުރެވުނު ޔޫން ބުނެފައި ވަނީ, އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލައަކީ ސިޔާސީ މަގްސަދެއްގައި ކުރިއަށް ގެންދާ މައްސަލައެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ.
ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، ޔޫން އަށް މިހާރު ކުރެވޭ ތުހުމަތުތަކަކީ, ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު ދެވިދާނެ ކުށް ތަކެވެ. މިވަގުތު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ