ރާއްޖެ-ޗައިނާ 11 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ޗައިނާ އިން 11 އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.އެ 11 އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެއިޖިންގަ އެވެ.ރައީސް އޮފީހުން ބުނީ މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންްފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ގޮތަށް 11 އެމްއޯޔޫގައި ސޮއިކޮށްފައިވާ ކަމަށެވެ.އޭގެ ތެރޭގައި އިގުތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.ރައީސް އޮފީހުން ބުނި ގޮތުގައި މި އެއްބަސްވުންތަކަކީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ