ބިން ހިއްކަން އެމްއޭސީއެލްއިން ކުންފުންޏެއް ހަދައި ކޮންޓްރެކްޓަރުން ހޯދަނީ

ބިން ހިއްކުމުގެ މަސައްކަތްތައް ކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ކުންފުންޏެއް އުފައްދައި ކޮންޓްރެކްޓަރުން ހޯދަުން މަސައްކަތް ފަށައިފި އެވެ. 
ވީ ކިހިނެއް؟ - އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އެމްއޭސީއެލްގެ %100 ހިއްސާ އޮންނަ ގޮތަށް އުފައްދާފައި ވަނީ: 
ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ޕވޓ
އެ ކުންފުނި އުފައްދާފައި ވަނީ މި މަހުގެ 6ގައި
ތަފްސީލް - އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުންގެ ގޮތުގައި ފަސް ބޭފުޅަކު ތިއްބެވިއިރު މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް އެމްޑީ، އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އެ ކުންފުނިން މިހާރު ވަނީ: 
ގުޅިގެން ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގައިދޭނެ ކުންފުނިތައް ހޯދަން އިއުލާންކޮށްފައި
ތަރައްގީގެ ބައެއް މަޝްރޫއުތައް ގުޅިގެން ހިންގާނެ ކޮންޓްރެކްޓަރުން ހޯދަން ވެސް އިއުލާންކޮށްފައި 
އެ ކުންފުނިން ހިންގާނީ ބިން ހިއްކުމުގެ ކޮން މަޝްރޫއުތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، އަޑު ފެތުރިފައިވާ ގޮތުގައި މިދިޔަ ސަރުކާރުގައި ހުޅުމާލޭގެ ފަޅުން ހިއްކަން ފެށި ބަޔާއި ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްގެން ކުރަން ވަނީ ނިންމައިފަ އެވެ. 
ގުޅުންހުރި - ރީޖަނަލް އެއާޕޯޓް ކުންފުނި އެމްއޭސީއެލްގެ ސަބްސިޑަރީއަކަށް ބަދަލުކޮށް ހުރިހާ ރީޖަނަލް އެއާޕޯޓްތަކެއްގެ ހިންގުން ވެސް މިފަހުން ވަނީ އެ ކުންފުންޏަ ހަވާލުކޮށްފަ އެވެ. މީގެ އިތުރަށް އެ ކުންފުންޏަށް ވަނީ، ރަށް ރަށުގައި ޖިމް ހެދުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ހަވާލުކޮށްފަ އެވެ. 
އެ ކުންފުނީގެ ޒިންމާގައި ނުހިމެނޭ ކަންކަން ހަވާލުކުރާތީ އެކަމުގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރާއި އެ ކުންފުންޏަށް އަމާޒުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ