އިންޑިއާ ނޭވީގެ ފަރާތުން ޝިޕް ހުރަވީއަށް ބައެއް ތަކެތި ހަދިޔާކޮށްފި

އިންޑިއާ ކަނޑުގެ ސިފައިންގެ ފަރާތުން ރާއްޖޭގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ތަކެތި ހަދިޔާކޮށްފިއެވެ.
އިންޑިއާ ނޭވީގެ ފަރާތުން ޝިޕް ހުރަވީއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އެ އުލަނދަށް ބޭނުންވާނެ މުހިންމު ބައެއް ތަކެއްޗެވެ. މީގެ ތެރޭގައި މަރާމާތުގެ މަސައްކަތްތަކަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި މި އެހީ އެޤައުމުގެ ނޭވީގެ ފަރާތުން ހަދިޔާކޮށްދެއްވީ ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް ތަރޫން ސޮބްތީއެވެ. ރާއްޖޭގެ ފަރާތުން އެހީއާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އިނޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ އިންޑިއާއިން މިތަކެތި ހަދިޔާކުރީ އެޤައުމާ ރާއްޖެއާ އޮންނަ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުންކަމަށެވެ. 
އިންޑިއާގެ ފަރާތުން ދިވެހި ކޯސްޓްގާޑަށް ތަކެތި ހަދިޔާކޮށްފައިވާއިރު، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ތަމްރީންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މި އެކްސަސައިޒްގައި ކްލޯސް ކުއަރޓާ ބެޓަލް، ބްރީޗިންގ ޓެކްނީކްސް، ލައިވް ފަޔަރިން، ވީބީއެސްއެސް، ސްޕެޝަލް ހެލިބޯން އޮޕަރޭޝަން، އަންޑަރ ވޯޓަރ ޑިމޮލިޝަން އަދި އެއަރ ޑައިވިން (ސަރފޭސް ސަޕްލައި) ފަދަ ބައިތަކުގެ ތަމްރީނުތައް ފަރިތަކޮށްފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ