ލީޑުގައި އޮވެ ކުޅެމުން ދިޔަ ކުވައިތުން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ ޝަބައިބް އަލްޚަރަބީއެވެ.
ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަ ހާފު ކުވައިތުން ނިންމާލިއިރު، ފަހު ހާފުގެ ކުޅުން ފެށިގެން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުވައިތު އެމީހުންގެ ތިން ވަނަ ލަނޑު ކާމިޔަބު ކުރިއެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ މުޙައްމަދު އަބްދުﷲއެވެ. މި ޕެނަލްޓީ އަކީ ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ރޯހިތު ޗާންދުގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ނޭޕާލުގެ ހަމަ އެކަނި ލަނޑު، އުފެއްދި ކައުންޓާ އެޓޭކް ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އަންޖަން ބިސްޓާއެވެ.
މި މުބާރާތުގެ އިތުރު މެޗެއް މިރޭ ކުޅޭނެ އެވެ. މިރޭ 7:00 ގައި ކުޅޭ މި މެޗަކީވެސް ގުފޫޕް އޭ ގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި އިންޑިއާއެވެ.
ސާފް ޗެމްޕިއަންޝިޕް 2023: ޕާކިސްތާން – އިންޑިއާ (މެޗު ޕްރިވިއު) އެންމެ ފަހުން އީސީ ވެސް ‘ހުއްޓިއްޖެ’ އެމްޑީޕީން ރައީސް ނަޝީދު ވަކިވުމަކީ ލިބުނު ހިތާމައެއް: ފައްޔާޒް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ވެސް އެމްޑީޕީން ވަކިވެއްޖެ މަގުބޫލު ލިޔުންތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ