މޫސުން ގޯސްވެ އޮރެންޖު ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވެ މިއަދު ނެރެފައިވާ އޮރެންޖު ސަމާލުގެ ވަގުތު އިތުރު ކޮށްފިއެވެ.
އެ އިދާރާއިން މި ސަމާލު މިއަދު ފުރަތަމަ ނެރެފައި ވަނީ ހެނދުނު 9:00 އިން 12:00 އަށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
ފަހުން މެޓު އޮފީހުން ވަނީ މި ސަމާލުގެ މުއްދަތު 16:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. ފަހުން އޮރެންޖު ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމަށެވެ.
އޮރެންޖު ސަމާލަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ.
މެޓް އޮފީހުން ވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ގަޑިޔަކު 34 މޭލާއި 40 މޭލާ ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑަކު 60 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވަމުން އަންނާތީ މި ކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރާއިރު ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އިންވެސް ވަނީ އިރުޝާދުދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ