އަސޫސް ލެޕްޓޮޕަކަށް ވާދޫގެ ނަން؛ ދައްކުވައިދެނީ ރެދަން ގޮނޑުދޮށުގެ ހިތްގައިމު މަންޒަރު

ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލާލެވޭ ހިތްގައިމު މަންޒަރު އަސްލެއްގެ ގޮތުގައި ބަލައިގެން ބައިނަލްއަގުވާމީ ޓެކް ކުންފުންޏެއް ކަމަށްވާ އަސޫސްއިން ލެޕްޓޮޕެއް ޑިޒައިންކޮށް ދައްކާލައިފިއެވެ.
"ވާދޫ އައިލެންޑް، މޯލްޑިވްސް - ލުމިނަސް ބްލޫ"ގެ ނަމުން ނަން ދީފައިވާ މި ލެޕްޓޮޕް ދައްކާލީ އިޓަލީގެ ވެރިރަށް މިލާންގައި ކުރިއަށްދިޔަ "ޑިޒައިން ޔޫ ކޭން ފީލް" އެގްޒިބިޝަންގައި މި މަހުގެ 7ވަނަ ދުވަހުއެވެ.
ރެދަން ލުމުން ވާދޫގެ ގޮނޑުދޮށް ނޫކުލައިގެ ތަރިތަކެއްހެން ވިދާ ބަބުޅަމުންދާތަން ފެންނައިރު، އެ މަންޒަރު ދައްކައިދިނުމަށް މި ލެޕްޓޮޕްގެ ބޭރުގައި ވެސް އެފަދަ ޓެކްސްޗާއެއް ހިމަނާފައުވެއެވެ.
Advertisement
ވާދޫގައި ރެދަން ލާފައިވާ މަންޒަރު އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ އަސޫސްގެ "ވާދޫ އައިލެންޑް، މޯލްޑިވްސް-ލުމިނަސް ބްލޫ" ޒެންބުކް
"ގުދުރަތީ [ރެދަނުގެ] އަލިކަމުން ދައްކުވައިދެނީ ތަރިތަކުގެ އަލީގައި ދިއްލޭ ރާޅުތަކުގެ ހިތްގައިމު ޖާދޫއެއް ފަދަ މަންޒަރެކެވެ،" އަސޫސްއިން ބުނެފައިވެ އެވެ.
"އަސޫސް ޒެންބުކް ސެރަލޫމިނަމް ޓީއެމް" ސިގްނޭޗަރ އެޑިޝަންގައި ރާއްޖޭގެ އިތުރުން އައިސްލެންޑާއި ތުރުކީ އަދި އުރުދުންގައި ފާހަގަކޮށްލެވޭ ގުދުރަތީ ރީތި މަންޒަރުތައްވެސް ހިމަނާފައިވެއެވެ. 
ޒެން ބުކްގެ އައު ސީރީޒް
އަސޫސްގެ އެ ލެޕްޓޮޕްތައް ވިއްކަން ފަށާނޭ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. 
މިއީ އަސޫސްގެ ޒެންބުކުގެ ހާއްސަ ސިގްނޭޗާ އެޑިޝަންއެއް ކަމަށްވުމުން އެ ލެޕްޓޮޕްތައް އެ ކުންފުނިން ވިއްކާނީ އަސޫސް ގަލަމަކާއި، މައުސްއެއް އަދި ޕެޕްޓޮޕްލާ ލެދާ ސްލީވްއަކާ ވެސް އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ