ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ރޭގަނޑު މަސައްކަތްކުރަންޖެހޭ މީހުން އެވަޒީފާއަދާކުރުމުގައި މައްސަލައެއް ނެތެވެ. އެފަދަ މީހުންނަށްވެސް ބުނެލަން އޮތީ ތިއަ ވަޒީފާގައި ހުރެގެންވެސް ރޭގަނޑު މަސައްކަތު ނުކުންނަން ނުޖެހޭނެ ވަޒީފާއެއް ހޯދޭތޯ މަސައްކަތްކުރުން ބުއްދިވެރިއެވެ.
ދިރިއުޅެން މަސައްކަތްކުރުން ނޫން ތަފާތު ސަބަބުތަކަށްޓަކައި، ޚާއްޞަކޮށް ފިރިމީހާ އޭނާގެ އެކުވެރިންނާއިއެކު ރޭގަނޑޫގެ ވަޤުތުތައް ހޭދަކުރާލެއް ގިނަކަމުން އެކަން ފިރިންނަށް ވިސްނައިދެވޭނެ ގޮތަކާއިމެދު ގިނަބައަކު ސުވާލުކުރެއެވެ. އެގޮތުން މިހާރުވެސް ޖަވާބުގެ އިންތިޒާރީގައި ބައެއް ކިޔުންތެރިން ތިއްބެވުމުން ދަންނަވާލަން އޮތީ ދުޢާކުރުންމަތީގައި ތިއްބަވާށެވެ! އަދި ތިރީގައިވާ ލިޔުން ފަދަ ލިޔުންތައް ޝެއާކުރުމަކީވެސް ފައިދާކޮށްފާނެ ކަމެކެވެ. އިން ޝާ ﷲ
އިންސާނުންގެ ވިސްނުމާއި ދިރިއުޅުމަށް އައިސްފައިވާ އެންމެ ނުބައި އެއް ބަދަލަކީ ރޭގަނޑު ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރުމެވެ. ރެސްޓޯރަންޓްތަކާއި ކޮފީޝޮޕްތަކާއި މުނިފޫހިފިލުވުމަށާއި ކުޅިވަރުކުޅުމަށް ވަގުތު ހޭދަކުރުމެވެ.
މިފަދައިން ދިރިއުޅެމުންދާ ޒުވާނުން އެބަ ކައިވެނިކުރެއެވެ. ކައިވެންޏަށްފަހުވެސް އެމީހުން ދިރިއުޅެނީ ހަމަ ކުރިންވެސް ދިރިއުޅެމުން އައިފަދައިންނެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ ރައްޓެހިންނާއިއެކުގައެވެ. އަނބިމީހާ ގާތަށް ދެވޭކަމަށްވަނީ 12، 1، 2 ޖަހާފަހުންނެވެ. އެއިރު އަނބިމީހާއަށް އޮންނަނީ އިންތިޒާރުކޮށްކޮށް ވަރުބަލިވެގެން ނިދިފައެވެ. އަދި އެދަންވަރު ގެއަށް ދެވުމުންވެސް ބޭނުންވާ ކަންކަން ކޮށްދޭން އުނދަގޫވުމުން އެބަ ޝަކުވާވެސް ކުރެއެވެ.
މީގެ އިތރުން ދެން ކުރިމަތިވާ އަދި އެންމެ ނުބައި ކަމަކީ އަނބިމީހާ އެކަނި ގޭގައި އޮންނަން ޖެހުމުން ފޫހފިލުވަން ނުވަތަ ފރިމީހާއަށް އިންތިޒާރުކުރަން ކުރެވޭ ނުބައި އަމަލުތަކެވެ. އެހާލަތުގައި ސޯޝަލް މީޑިއާ ބޭނުންކުރެވުމުން ކުރެވޭ ފާފަތަކެވެ. ހިލޭ ފިރިހެނުންނާއި ގުޅުން އުފައްދަން މަގުފަހިވުމެވެ. ފިލްމް ބަލަން ދެވިހިފުމެވެ.
ތިމާ ރައްޓެހިންނާއިއެކު މަޖާކުރާއިއރު އަނބިމީހާ ބަސްއަހައިގެން ގޭގައި ހަމަ ނިދަންޖެހޭނެކަމަށް ވިސްނުމަކީ މިފަދަ ޝައިޠޯނީ ޒަމާނެއްގައި ކިހިނަކުން ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ އަނބިމީހާއަށް މަގުފުރެދެން ފުރުޞަތުދީ މަގުފަހިކުރުވާފައިވެސް ކަމެއް މެދުވެރިވުމުން ކުށްވެރިކުރަނީ އަނބިމީހާއެވެ. މިއީ ކޮން އިންޞާފެއް ހެއްޔެވެ؟
ވީމާ ކައިވެނިކުރުމަށްފަހު ރޭގަނޑުގެ ވަގުތުތައް އެކުވެރިންނާއިއެކު ހޭދަކުރާ މީހުން އަނބިމީހާއަށް އެދެނީ ވަރަށްބޮޑު އަނިޔާއެކެވެ. ކުރިން މިބުނިފަދައިން އެންމެ ބޮޑު އަނިޔާއަކީ އެމީހުން މަގުފުރެއްދުމެވެ. ކައިެންޏަށްފަހު ރޭގަނޑުގެ ވަގުތުތައް އެކުވެރިންނަށް ދީ އެހައި އަނިޔާވެރިވާން ކައިވެނިނުކުރާށެވެ! މީހުންގެ ލޯބިވާ ދަރިން މިލްކުކޮށް ގެއްލުންދޭން އޮތީ ކޮން ޙައްްެއް ހެއްޔެވެ؟
މިހައިވަރަށް ފިރިހެނުންނަށް ބަސްބުނަން މިޖހެނީ އެގޮތަށް ކަންކަންކުރާ ފިރިހެނުން ގިނަވުމުންނެވެ. އަނހެނުން އެގޮތަށް ކަންކުރުން މަދުވުމުންނެވެ. އަންހެނުންގެ ތެރޭގައިވެސް އެގޮތަށް ކަންކަންކުރާ އަންހެނުން އެބަ ތިއްބެވެ. ކޮންމެވެސް އެކުވެރިއަކާއިއެކު ރޭގަނޑު ބޭރަށްދާން އާދަކޮށްގެން އުޅޭ އަންހެނުންވެސް ތިބެއެވެ. އެމީހުންވެސް އެކަން ހުއްޓައިލާށެވެ! ފިރިމީހާ ގޭގައި ބަހައްޓާފައި އެކުވެރިންނާއިއެކު ބޭރަށް ނުދާށެވެ!
އަންހެނުން އެގޮތަށް ބޭރަށް ދިއުން ހުއްޓުވުމުގައިވެސް ފިރިހެނުންނަށް މުހންމު ދައުރެް އަދާކުރެވިދާނެއެވެ. އެއީ އަނބިމީހާ ދާންޖެހޭ، ދާންބޭނުންވާ ތަންތަނަށް އަނބިމީހާ ގޮވައިގެން ދިއުމެވެ. އެއީ ފިރިން ކޮށްދޭންޖެހޭ ފިރިންގެ މައްޗަށް ވާޖިބުވެސް ކަމެކެވެ. ދެމަފިރިންގެ ގުޅުން ބަދަހިކަމާއިއެކު ދެމެހެއްޓޭނީ ވެސް އެކަންކޮށްދީގެންނެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަނބިން އެކަނިކޮށްފަ ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ބޭނުންވާ މީހުން ރަނގަޅީ ކައިވެނިނުކުރުން! އެއިރުން މީހެއްގެ ދަރިއަކަށް އަނިވާވެރިވި ކަމުގެ ޢަޛާބުން ސަލާމަތްވެވޭނެ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ