ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު މިއަދު އިސްތިއުފާ ދީފި އެވެ.
ޝާފިއު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދިނީ ކަންކަން ހައްލުކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
ނަމަވެސް ހައްލުކޮށްދޭނެ ކަމަށް އުންމީދު ކުރަނީ ކޮން ކަމެއްކަން ޝާފިއު ވިދާޅެއް ނުވެ އެވެ.
"ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް މަސްވެރިޔަކު ބާކީ ނުކުރާނެ ކަމަށް ޝާފިއު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދީފި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ