ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން އިބްރާހިމް ސައީދު (ކޭޑު) ވަކިކޮށްފި އެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން މިފްކޯގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި އޭނާ ވިދާޅުވީ، އެ މަގާމުގައި ހުރި މުއްދަތުގައި އޭނާ މަސައްކަތް ކުރެއްވީ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ ނަމާއި ބްރޭންޑަށް އުނިކަން ނާންނާނެ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި، އޭނާ މަސައްކަތް ކުރަމުންދިޔައީ މިފްކޯ އަކީ ދެފުށް ފެންނަ ކޮރަޕްޝަނުން ބަރީއަވެފައިވާ ކުންފުންޏަކަށް ހެދުމަށް ކަމަށްވެސް ކޭޑުގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.
މިކަމާ ގުޅިގެން އޭނާގެ އިތުރު ބަހެއް ހޯދުމަށް އަދަދު ގެ ނޫސްވެރިން ގުޅުމުން ކޭޑު ވިދާޅުވީ، ކޮންޓްރެކްޓު އާ ނުކޮށް އޭނާ ވަޒީފާއިން ވަކިކުރީ ވައްކަމާ ދެކޮޅަށް ވާހަކަދައްކާ ކުންފުނީގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރާތީ ކަމަށެވެ.
އެގޮތުން، މިފްކޯގެ ހިންގުން ހަރަދަނާކުރަން ކަމަށް ބުނެ ފެބްރުއަރީ މަހު އެ ކުންފުނިން ވަކިކުރި ތިން ޖެނެރަލް މެނޭޖަރަކަށް މިދިޔަ މަހު އަލުން ވަޒީފާ ދިނުން އޭނާ ފާހަގަކުރެއްވި އެވެ. އަދި، އޭނާ ވަކިކުރީ ކޮރަޕްޓު ވެރިންތަކެެއް ކުންފުންޏަށް އަލުން ވައްދާ އެމީހުން ލައްވާ ކަމަށާއި މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުން ވާ ކަމަށްވެސް އޭނާ ތުހުމުތު ކުރެއްވި އެވެ.
"ރައީސް ބޭނުންފުޅުވާތީ ވަގުންނަށް ޖާގަ ދިނީ. އެ ނޫން ނަމަ އަހަރުވަންދެން ސީދާ ރައީސްގެ ސަމާލު ކަމަށް ގެނައި ކަންކަން ހުއްޓުވުނީސް" ވެރިކަންކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅެފައިވާ ކޭޑު، ފޯނުން ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
ވަގުންގެ ގޮތުގައި ކޭޑު ތުހުމަތުކުރެއްވި ތިން މެނޭޖަރުން ވަކިކުރަމުން މިފްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިއީ ރައީސް މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން އެ ކުންފުނި ހަރުދަނާކުރަން އެޅި ފިޔަވަޅެއް ކަމަށެވެ.
އެމީހުންގެ ވަނަވަރު ކުންފުނިން ހާމަނުކުރި ނަމަވެސް އެކި މަސްދަރުތަކުން މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މަގާމުން ވަކި ޖެނެރަލް މެނޭޖަރުންނަކީ:
މިފްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މާލީ ހާލަތު ގޯސް އެއް ކުންފުންޏެވެ. އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން އެކި ސަރުކާރުތަކުން ތަފާތު މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ކުންފުނީގެ މާލީ ހާލަތަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.
މާލީ ހާލަތު ދަށް ނަމަވެސް އެ ކުންފުނިން ވަނީ ސަރުކާރު މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކީ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާފަ އެވެ.
މިފްކޯއިން ކޭޑު ވަކިކޮށްފި، އޭނާ ބުނީ މިއީ ވަގުންނަށް ޖާގަ ދޭން ކުރި ކަމެއް ކަމަށް މިފްކޯއިން ކޭޑު ވަކިކޮށްފި، އޭނާ ބުނީ މިއީ ވަގުންނަށް ޖާގަ ދޭން ކުރި ކަމެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ