ޤާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން ޔޫރަޕިއަން ޕާލަމަންޓާއި ޙިއްސާކޮށްފިއެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މިއަދު އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒްޑާ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ބައިވެރިވެވަޑައިގަތެވެ.
ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތުވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާ ޑެލިގޭޝަނާ ހިއްސާކުރެއްވިއެވެ.
Advertisement
ޝާހިދު ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އީޔޫގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. ބްރަސަލްސްއަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ލަންޑަނުގައި އިނގިރޭސި ޕާލަމަންޓުގެ ބައެއް ބޭފުޅުންނާއި އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއިވެސް ބައްދަލުކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ މައުލޫމާތު އީޔޫއާ ޙިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ