ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސެޕްޓެމްބަރު 31, ގައި އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އައްޔަނުކޮށްފި އެވެ.
"އަދަދު" ނޫހަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަނުކުރީ ޖެނުއަރީ 27، ގަ އެވެ. އޭނާ ވަނީ މިހާރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޮފީހަށް ނުކުންނަވަން ފަށްޓަވާފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޝަފީގުގެ އިސްތިއުފާއާ ގުޅޭގޮތުން މިހާތަނަށް އާންމުކޮށް ވާހަކަ ދައްކަވާފައި ނުވެ އެވެ. އެހެންވެ, އޭނާގެ އިސްތިއުފާގެ ސަބަބެއް އަދިވެސް ނޭނގެ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތްތައް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ބޯޑް ޑިރެކްޓަރަކަށް ވެސް އޭނާ ވަނީ އައްޔަނުކޮށްފަ އެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އުފެއްދީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެ ފަސް ކުންފުންޏަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އާއި އެޗްޑީސީ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް ކަމަށް ސަރުކާރުން ބުންޏެވެ.
އެއީ ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑްކުރުމާއި، ޓްރާންޝިޕްމަންޓް/ރިީއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް އުފައްދާ 100 ޕަސެންޓު ދިވެހި ކުންފުންޏެކެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު، ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު، ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަގާމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ