ކަންކަން ކުރިމަތިވުމުން ބައިވެރިޔާއަށް ދޫނުދޭން ބާރުއަޅާ މީހުން ދައްކާ ވާހަކަ ޤަބޫލުނުކުރާށެވެ! ދޫދިނުމަކީ ދެރަވުމެއް ނޫނެވެ. ގަދަވުމެވެ! ކުރާނެ ފައިދާ ބޮޑުކަމުންނެވެ!
ﷲ ތަޢާލާއަށް އުރެދުމަކަށް ނުވާ، ދިރިއުޅުމަށް ގެއްލުމެއް ނުލިބޭނެ ކޮންމެ ކަމެއްގައި ބައިވެރިޔާއަށް ދޫދޭށެވެ! ބައިވެރިޔާ އެދޭގޮތަށް ދީލައިވެސްލާށެވެ! އެންމެ އުފާވެރި ދިރިއުޅުމެއް ލިބެނީ ދޫދީގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ.
ތިބާއަށް އެކަމަކުން އުފާވެރިކަން ނުލިބުނު ނަމަވެސް ބައިވެރިޔާ އުފާވާ ކަންކަން ކޮށްދޭށެވެ! އެކަންކަން ކޮށްދިނުމުން ބައިވެރިޔާގެ ކިބައިން ލިބޭ ލޯބިން ތިބާއަށް ބޭނުންވާ އުފާވެރިކަން ލިބުމަށް އެދޭށެވެ! ލިބި އިތުރުވެސްވާނެއެވެ! އިން ޝާ ﷲ
ހިތިރަހަލާ ބޭސްކަނީ އަދި ބޮނީވެސް މީރުވެގެނެއް ނޫނެވެ. އެއިން ލިބޭ ޝިފާއަށް ބޭނުންވާތީއެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް ދޫދީ މާފުކުރަންޖެހޭ ކަންކަމުގަ އެކަންކުރާށެވެ! ޒަވާޖީ ޙަޔާތަށް އުޖާލާކަން ލިބި މުޅި ކައުނަށް އަލިކޮށްދޭ ވޮށަކަށްވެގެންދާނެއެވެ! އިން ޝާ ﷲ
- އަލަފް / މިއަދުނޫހަށް
އުފާވެރިކަން ބޭނުންނަމަ ދެމަފިރިންނަށްވެސް އޮތީ އަނެކާއަށް ދޫދިނުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ