ދަމުނަމާދަކީ ވަރަށް ފަސޭހަކޮށް އަދި ވަރަށް ކުރުކޮށްވެސް ކުރެވެން އޮތް ނަމާދެކެވެ. ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ނަމާދެވެ. މުހިންމީ ނުކޮށް ދޫކޮށްނުލުމެވެ.
ދަމުނަމާދަކީ އަބަދުވެސް ކުރަން އޮތް ނަމާދެކެވެ. ރަމަޟާން މަހު ޚާއްޞަވެގެންދަނީ ރަމަޟާން މަހަކީ ރޭއަޅުކަމުގެ މައްސަރުކަމަށްވުމުންނެވެ. އެންމެ ގިނައިން އަޅުކަންކުރަން އޮތް މައްސަރުކަމަށްވުމުންނެވެ.
ދަމުނަމާދުކުރުމަކީ ކިހާ ފަސޭހައިން ކުރެވެން އޮތް ކަމެއްކަން އެނގޭހެއްޔެވެ؟
ދަމުނަމާދުގެ އެންމެ ކުރު މިންވަރަކި ދެރަކްޢަތެވެ. ގޭގައި އެކަނި ކުރުމަކުން މައްސަލައެއް ނެތެވެ.
މި ނަމާދުކުރަން އެންމެ ރަގަޅީ ނިދާލާފައި ތެދުވެ، ރޭގަޑުގެ ތިންބައިން ފަހު ބައަށް އެޅުމުންނެވެ. (ޢިޝާ ނަމާދުން ފެށިގެން) ފަޖުރުލުމާއި ހަމައަށް ދަމުނަމާދުގެ ވަގުތު ދެމިގެންވެއެވެ.
ދަމުނަމާދުގައި ކިޔުމަށް ވަކި ދުޢާ އެއް ވާރިދުވެފަ އެއް ނުވެއެވެ. އެހެންނަމަވެސް އެވަގުތަކީ (ރޭގަނޑުގެ ތިންބައިން ފަހުބައަކީ) ދުޢާ ކުރުމަށް މޮޅުއިތުރު ގަޑި އެއް ކަމުން ބޭނުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވަންވީއެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ދަމުނަމާދަކީ ހަމައެކަނި ރަމަޟާންމަހު ކުރާ ނަމާދަކަށް ހެދުމަކީ ﷲ ތަޢާލާގެ ޙަޟްރަތަސް ލޯބިވާ މީހުންގެ ސިފައެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ޢަމަލަކީ ކިތަންމެ ކުޑަ ޢަމަލެއްނަމަވެސް ދާއިމީ ގޮތުގައި ކުރާ ޢަމަލުކަމަށްވާތީއެވެ.
ދަމުނަމާދަކީ ހަމައެކަނި ރަމަޟާންމަހު ކުރާ ނަމާދަކަށް ހެދުމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހުންގެ ސިފައެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ