ޤިޔާމަތްވުމުގެ ވަޤުތުޖެހި ތާލަފިލި ފުންމަވައިލެއްވެވުމުން މީސްތަކުންނަށް ޖެހޭނީ ކައްވަޅުން ތެދުވެ މަޙްޝަރު މައިދާނަށް ދިއުމަށް ހިނގައި ގަންނާށެވެ! އެވަޤުތު ކުރަންޖެހޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. ކުރަންޖެހޭނެ އެއްވެސް މަސައްކަތެއްވެސް ނުއޮންނާނެއެވެ.
ފަތިސްވަޤުތަކީވެސް ހަމަ އެފަދަ ވަޤުތެކެވެ. އެވަޤުތު ކުރަންޖެހޭ މަސައްކަތެއް ނުއޮންނާނެއެވެ. މަސައްކަތްކުރަން ފަށަން ޖެހޭނީ އެއިގެ މާފަހުންނެވެ. ވީމާ ފަތިސްވުމުން އަވަހަށް ތެދުވެ މިސްކިތަށްދާށެވެ. ބަންގިގޮވުމުގެ ކުރިއަށް މިސްކިތަށްދާން މަސައްކަތްކުރާށެވެ! ކޮންމެ ޙާލެއްގައިވެސް ފަތިސްނަމާދުގެ ޖަމާޢަތް ފެށުމުގެ ކުރިން އިހުސުންނަތުގެ 2 ރަކްޢަތް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
އެންމެ ބޮޑެތި ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ ފަތިސްނަމާދުގެ ޖަމާއަތަށް މިސްކިތަށްދާން މަސައްކަތްނުކުރާނަމަ އެމީހަކު ކައްވަޅުން ތެދުވެ މަޙްޝަރު މައިދާނަށް ދާން ހިނގުމަށް ދަތި އުނދަގޫކަމަކަށްވާނެ ކަމަށެވެ. އެއީ ދުވަސް ފަށަން އޮތް ނަމާދަށް ފަރުވާކުޑަކޮށްލައި ނިދަން އޮތީތީއެވެ.
ފަތިސްނަމާދުން ދުވަސް ފެށުމުގެ މުހިންމު ކަމާއި އަދި ފަތިސްނަމާދުން ދުވަސް ނުފަށާ މީހަކަށް އެނަގައިލެވެނީ އެދުވަހު އެމީހަކަށް ލިބެން އޮތް އެތައް ބައިވަރު ނިޢުމަތްތަކެއްކަން އަބަދުވެސް މިގެންދަނީ ހަނދުމަކޯށްދެމުންނެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދެވެނީ ހާދަ މަދު މީހަކަށެވެ. އެކަން އިޞްލާޙްނުކޮށް ދިރިއުޅުމަށް ކުރިއެރުން ލިބޭނެ ކަމަށް ނުވިސްނާށެވެ! އެކަމަށް އުންމީދުވެސް ނުކުރާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
ފަތިސްނަމާދުގެ ޖަމާއަތަށް ނުދިއުމަކީ ޤިޔާމަތްވުމުން ކައްވަޅުން ތެދުވެ ހިނގަން ދަތި އުނދަގޫ ޙާލަތު ކުރިމަތިވެދާނެ ކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ