ޖޮކޮވިޗްގެ ޔޫނިއަންގެ ޕެޓިޝަނަށް އަލްކަރާޒް ތާއީދެއް ނުކުރި ޖޮކޮވިޗްގެ ޔޫނިއަންގެ ޕެޓިޝަނަށް އަލްކަރާޒް ތާއީދެއް ނުކުރި

ޕެރިސް (މާޗް 20) - މަޝްހޫރު ޓެނިސް ތަރި، ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ ހިއްސާއާ އެކު، ހިންގާ ޕްރޮފެޝަނަލް ޓެނިސް ޕްލޭޔާސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން ގިނަ ކަންތައްތަކަކަށް ރިއާޔަތްކޮށް، ހުށަހެޅި ޕެޓިޝަނަށް އޭނާ ތާއީދުނުކުރާ ކަމަށް ސްޕެއިނުގެ ތަރި، ކާލޯސް އަލްކަރާޒް ބުނެފި އެވެ.
ޕްރޮފެޝަނަލް ޓެނިސް ޕްލޭޔާސް އެސޯސިއޭޝަން (ޕީޓީޕީއޭ) އިން މިދިޔަ އަންގާރަ ދުވަހު ޓެނިހުގެ އެކިއެކި ރަސްމީ އިދާރާތަކަށް ހުށަހެޅި ޕެޓިޝަނުގައި ހިމަނާފައިވަނީ، މުބާރާތްތަކުގެ ޝެޑިއުލާއި ރޭންކިން ސިސްޓަމް އަދި ކުޅުންތެރިންގެ އިމޭޖް ރައިޓްސް ކޮންޓްރޯލް ކުރުމުގައި އަމަލުކުރަމުން އަންނަ ގައިޑްލައިނުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ގޮވާލައިފަ އެެވެ.
ގާނޫނީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވެސް ބާރުދޭ މި ޕެޓިޝަނާ ގުޅޭގޮތުން، އެކި ކުޅުންތެރިންނާ އަންނަނީ ސުވާލުކުރަމުންނެވެ.
އަލްކަރާޒް ވަނީ މި ކަމުގައި އޭނާ ބައިވެރިނުވި ސަބަބު ހާމަކޮށްފަ އެވެ.
"މި ކަމުން (ޕެޓިޝަން އާއި ހުރިހާ ކަމަކުން) އަހަންނަށް ލިބުނީ ސަޕްރައިޒެއް. އެއީ އެއްވެސް މީހަކު އަހަންނަކާ ވާހަކަ ނުދައްކާ،" ޖޮކޮވިޗް ބުންޏެވެ.
"އޭގައި އެބަހުރި އަހަރެން ގަބޫލުކުރާ ކަންތައްތަކާއި އަހަންނަށް އެއްބަސްނުވެވޭނެ ކަންތައްތައް. މައިގަނޑުކޮށް އަހަރެން ބުނަން އޮތީ ކަންކަން އެ ކުރާ ގޮތް އަހަންނަށް ކަމަކުނުދެއޭ،"
ޓެނިހުގެ ރަސްމީ އިދާރާތަކުން އަންނަނީ މަޝްވަރާކޮށްގެން މި ކަމަށް ހައްލެއް ލިބޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރަން ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ