އިމިގްރޭޝަން މުވައްޒަފުންތަކެއް ނާޖާއިޒް މަންފާ ނެގިކަމުގެ ތުހުމަތުގައި ފުލުހުންގެ ތަހުގީގެއް ހިންގަނީ
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މަންފާ ހޯދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މިރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައެވެ. އިތުރު ތަފްސީލް ތަހުގީގު ކުރިއަށްދާ ވަރަކުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ. https://sun.mv/203940 "ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި މިރޭ މަގާމުން ވަކިކުރި އިމިގްރޭޝަންގެ ކޮންޓްރޯލަރު ޝަމްއާންގެ މައްޗަށް ވެސް ތުހުމަތުކޮށް ތަހުގީގު އަންނަނީ ހިންގަމުންނެވެ. މީގެ ކުރިން ވެސް މިފަދަ ތުހުމަތުތަކުގައި ފުލުހުން ތަހުގީގު ހިންގައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ