އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގަމުންދާ ކަމަށް ބުނެ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން މިރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ ކޮންމެ ވެސް ބައިވެރިވުމެއް އޮތް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިހާރު ފުލުހުން ބަލަމުންދާ މައްސަލާގައި ޝައްމާން އާ ގުޅުން އެބައޮތެވެ. އަދި، އޭނާ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ފުލުހުންގެ ތަހުގީގާ ގުޅުން އޮތްކަން ވެސް މި ނޫހަށް ކަށަވަރުވެފައިވެ އެވެ.
ޝައްމާން މަގާމުން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ މިރޭ އެވެ. އެކަން މީޑިއާތަކުން ރިޕޯޓުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ބުނެފަ އެވެ.
މި މައްސަލާގައި އިމިގްރޭޝަންގެ ދެ އޮފިސަރުންނާއި އާންމުންގެ މީހަކު މިރޭ ހައްޔަރުކޮށް ގެއެއް ބަލައިފާސްކޮށްފައިވެ އެވެ. އެ މީހުންގެ އަދި މައްސަލާގެ އެއްވެސް ތަފުސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމަށް ޝައްމާން އައްޔަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަމުގެ ތިންވަނަ ދުވަހު އެވެ.
އޭނާ އެ މަގާމުގައި ހުންނަވައިގެން އެންމެ އިސްކޮށް ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ.
މިގޮތަށް ފޮނުވާލެވޭ ބިދޭސީން އެނބުރި އަންނަ ކަމަށާއި އެކަން ކުރުމަށް އިމިގްރޭޝަންގެ އިސްވެރިން ފައިސާ ނަގާ ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން އެ ހިދުމަތުން އަދި ސަރުކާރުން ވެސް އޭރު ބަހެއް ނުބުނެ އެވެ.
ޝައްމާން އޭގެ ކުރިން އިމިގްރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަކަށް އައްޔަނުކުރިއިރު, އޭނާ ހުރީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ޝައްމާން ވަކިކުރީ ބިދޭސީން އަތުން ފައިސާ ނަގާ މައްސަލައާ ގުޅުން އޮތުމުން ޝައްމާން ވަކިކުރީ ބިދޭސީން އަތުން ފައިސާ ނަގާ މައްސަލައާ ގުޅުން އޮތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ