ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން އިސްކަންދަރު ސުކޫލަށް ބަދަލުކޮށްފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން އިސްކަންދަރު ސުކޫލަށް ބަދަލުކޮށްފިއެވެ.
މީގެ ކުރިން ގޮވާމުން ޒަކާތް ބަލައިގަންނަ ގޮތަށް އޮތީ މަޖިދިއްޔާ ސުކޫލުގައެވެ. 
ޒަކާތު ހައުސް އިން ބުނެފައުވާ ގޮތުން ގޮވާމުން ފިޠުރު ޒަކާތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
Advertisement
އަދި ޒަކާތް ބަލައިގަންނާނީ މެންދުރު ފަހު އެކަކުން ހަތަރަކަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑުލާއި ތައިލެންޑް ހަނޑުލާއި ބާސްމަތީ ހަނޑުލާއި ރަތް ހަނޑޫގެ އިތުރުން ގޮދަން ފުށާއި އާޓާ ފުށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ