މިދިޔަ އަހަރު ސްޓެލްކޯއިން 137 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފި
ސްޓެލްކޯއަށް މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިދިޔަ އަހަރުތަކުގައި އެ ކުންފުނީގެ މާލީ އުސްއަލިތައް ވަނީ ހާމަކުރައްވައިފަ އެވެ. އެގޮތުން އޭނާ ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި: 2023ގައި އެ ކުންފުންޏަށް 172 މިލިއަން ރުފިޔާގެ ގެއްލުންވިނަމަވެސް މިދިޔަ 2024ގައި އެ ކުންފުނިން ވަނީ 138 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިމިއީ މިދިޔަ ހަ އަހަރު ތެރޭ އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ ފަހުމީ ވަނީ ގެއްލުމުން އަރައިގަނެ މިދިޔަ އަހަރު ކުންފުނިން ފައިދާ ހޯދީ ވަސީލަތްތައް ހަރުދަނާގޮތުގައި ބޭނުންކުރުމާއި އިސްރާފު ކުޑަކުރުން އަދި ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.ސްޓެލްކޯއަކީ މާލޭ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުންޏެވެ. ބައެއް ރަށްރަށުގައި ވެސް ސްޓެލްކޯއިން އަންނަނީ މި ހިދުމަތް ދެމުންނެވެ.އެއާއެކު އެ ކުންފުނިން ގެންދަނީ، ކުންފުނީގެ ޚިދުމަތާއި ހިންގުން ހަރުދަނާކުރުމަށް ޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ