މެންޗެސްޓާ (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ކާމިޔާބު ހޯދަން ބޭނުންނަމަ އެ ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، އެންޑީ ކޯލް ބުނެފި އެވެ.
ޔުނައިޓެޑާ އެކު ފެނާންޑޭސް, 30، ހަދާފައި އޮތް ކޮންޓްރެކްޓް މީގެ ހަތް މަސް ކުރިން ވަނީ އާ ކޮށްފަ އެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
އެކަމަކު، ޔުނައިޓެޑްގައި ފެނާންޑޭސްގެ ފަރާތުން ޓީމު ކުޅުންތެރިއެއް ނޫނީ ކެޕްޓަނެއްގެ ކޮލިޓީ ނުފެންނަ ކަމަށް ކުރީގެ ކެޕްޓަން، ރޯއީ ކީން ވަނީ ވާހަކަ ދައްކައިފަ އެެވެ. އޭގެ ސަބަބުން ޔުނައިޓެޑުންގެ ލެޖެންޑުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނުއިރު، އެންޑީ ކޯލް ވެސް ވަނީ އޭނާގެ ޝުއޫރުފާޅުކޮށްފަ އެވެ.
ޔުނައިޓެޑާ އެކު ކުރިން ގިނަ ކާމިޔާބީތަކެއް ހޯދި ކޯލް ބުނީ، އޭނާ އަކީ ފެނާންޑޭސް ނަމަ މިހާރު ވިސްނާނީ އަމިއްލަ ކެރިއަރަށް ކަމަށެވެ. އަދި، ޔުނައިޓެޑް ދޫކޮށްލައި ކާމިޔާބު ހޯދޭނެ ޓީމަކާ ގުޅޭނެކަމަށް ވެސް ކޯލް ވަނީ ބުނެފަ އެވެ.
"ޔަގީނުން ވެސް މިއީ ފެނާންޑޭސްގެ ކެރިއަރުގެ ޕީކު އަހަރުތައް، އޭނާ މި ވަގުތު މި ހޭދަކުރަނީ ޔުނައިޓެޑް ކަހަލަ ދަށް ހާލަތެއްގައި އޮތް ބޮޑު ޓީމެއްގެ ޒިންމާ ކޮނޑުގައި އަޅައިގެން، އެކަމަކު ވެސް މި ފެންނަނީ މީހުންނަށް އޭނަގެ ގޯސްކަން، މިއީ ރަނގަޅު ގޮތެއް ނޫން،" ކޯލް ބުންޏެވެ.
އޭނާ ބުނީ، މި ސީޒަން ނިމުމުން، ފެނާންޑޭސް، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން އަމިއްލަ އެދުން އިސްކޮށްފައި ވިޔަސް ރަނގަޅު ނިންމުމެއް ނިންމަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކު ވެސް ކާމިޔާބީ ބޭނުންވާނެ ކަމަށާއި އެ ފުރުސަތު ފެނާންޑޭސް އަށް މި ވަގުތަށް ބަލާއިރު ފެންނަން އޮތީ ހުރިހާ ތަށްޓަކަށް ވާދަކުރެވޭ ޓީމެއްގައި ހުރެގެންކަން ކޯލް ފާހަގަކުރި އެެވެ.
ފެނާންޑޭސް ކާމިޔާބު ހޯދަން ޔުނައިޓެޑް ދޫކޮށްލަންޖެހޭ ފެނާންޑޭސް ކާމިޔާބު ހޯދަން ޔުނައިޓެޑް ދޫކޮށްލަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ