މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ހަނިމާދޫއިން ދެމައިން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުުން ބުނީ އެ ރަށުން ހައްޔަރު ކުރީ އާމިނަތު 56، މަޔާ ޕެލަސް، ހދ. ހަނިމާދޫ އާއި އޭނާގެ ދަރިފުޅު، ފާތިމަތު މާޔާ 25، މަޔާ ޕެލަސް، ހދ. ހަނިމާދޫ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުންގެ ގެ ބަލައި ފާސްކުރިއިރު، އެ ގެއިން 189 ގުރާމުގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހަނިމާދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފާތިމަތު ފަސް ދުވަހަށް އަދި މާޔާ 15 ދުވަހަށް ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނިމާދޫއިން ދެމައިން ހައްޔަރުކޮށްފި މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނިމާދޫއިން ދެމައިން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ