ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓުގެ އަސާސީ ޙައްޤުން އައްޑޫ ސިޓީގެ ރައްޔިތުން މަޙްރޫމްނުކޮށް، ދަތިޙާލު ނުޖައްސައި، ރޯދައިގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށައި ޙާއްސަކޮށް ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ދަނީ ގިނަގުނަ ގެއްލުންތަކެއް ލިބެމުންކަމަށެވެ.
“މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެނޭ. އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީ ކަމަށްވާއިރު، މިކަން ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ޙައްލެއް ހޯދައިދޭން އެބަޖެހޭ. މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ ދިޔުމުން، ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވާކަމަކަށް ޤަބޫލެއް ނުކުރެވޭ.” އެކްސްގައި ޝާހިދު ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދާ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ މެމްބަރުންނާއި އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯކުކޮށްދޭ ފެނަކަ ކޯޕަރޭޝަނުގެ އިސްވެރީންނާއި ވަނީ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމުގައި މެމްބަރުންނާއި ފެނަކައިގެ ވެރީން ވަނީ އައްޑުއަށް ދިމާވެފައިވާ ކަރަނޓުގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ މަޝްރޫއެއްވެސް ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން 32 މެގަވޮޓްގެ ކަރަންޓް ބޭނުންކުރެވޭ ގޮތަށް ޕަވާޕްލާންޓް ތަރައްގީކޮށް ވަސީލަތްތައްވެސް ތަރައްގީކުރާނެ އެވެ.
އައްޑޫ ކަރަންޓްގެ މައްސަލަ- ރޯދައަށް ދާއިމީ ހައްލެއް ލިބޭނެ- ފެނަކަ އައްޑޫގައި އާ އިންޖީނުގެ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް މަޝްވަރާކޮށްފި އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖެނެރޭޓަރެއް ގެންނަނީ އައްޑޫއަށް ދެ މެގަވޮޓްގެ ދެ ޖެނެރޭޓަރު ސެޓް ގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ