މަސައްކަތް ކުރަމުން އަންނަނީ އިރުއޮއްސުމުގެ ކުރިން ކަރަންޓު ދޭން: ސްޓެލްކޯ

މަސައްކަތް ކުރަމުން އަންނަނީ އިރުއޮއްސުމުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ދޭން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރު 12:40 ހާއިރު މާލެ އަދި ހުޅުމާލޭން ކަރަންޓު ކެނޑުނެވެ. އަދިވެސް ގިނަ ހިސާބުތަކަށް ކަރަންޓެއް ނުލިބެ އެވެ.
ތަފްސީލް - ސްޓެލްކޯ އިން ހަވީރު ބުނީ ހުޅުމާލޭ ފޭސް 1ގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ. މީގެ އިތުރުން:
ފޭސް 2ގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވޭ
މާލޭގެ ބޮޑު ސަރަހައްދަކަށް ހިދުމަތް އަލުން ވަނީ ދެވިފައި
މިހާރު ކުރަމުން އަންނަނީ ސިނަމާލެ ބްރިޖު ހުރަސްކޮށް އަޅާފައިވާ އިންޓަކަނެކްޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ:
ކަރަންޓު ކެނޑެން ދިމާވި މައްސަލަ ދެނެގަތުމަށް އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުން
މިހާތަނަށް ބެލިބެލުމުން ގްރިޑަށް ގެއްލުމެއް ލިބިފައިވާކަން ފާހަގައެއް ނުވޭ
ފާހަގަ ކުރެވޭ - މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ