ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ސިފައިން ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިދިޔަ މަހުގެ 22 އިން މި މަހުގެ 4 އަށް ކުރިއަށްގެން ދިޔަ ޕްރޮގްރާމްގައި، އެ ހުވަދޫ ސްކޫލުގެ ގުރޭޑް 1-8 ގެ 124 ދަރިވަރުން ބައިވެރިވި އެވެ.
ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ހުވަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަރިވަރުންނަށް ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޓްރެއިނިން އެންޑް އޮޕަރޭޝަންސް އޮފިސަރު މޭޖަ ޢިއްޒަތުﷲ އެވެ.
އެ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމެއް ހިންގައި ދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުގެ ފަރާތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ވަނީ ހަނދާނީފިލައެއް އެރުވި އެވެ.
ހުވަދޫ ސްކޫލުގެ ދަރިވަރުންނަށް ހިންގި ސްވިމިން ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިން އިންސްޓްރަކްޓަރުންނެވެ.
ހުވަދޫ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ