ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފިއެވެ.
ފުލުހުން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ މެއި މަހުގެ 24 ވީ އާދިއްތަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަންގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
ޖަލަށް މަސްތުވާތަކެއްޗާއި މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ޚާއްޞަކޮށް ފަހަކަށް އައިސް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖަލަށް ތަކެތި ވެއްދުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދަނީ ގުޅިގެން މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުނެއެވެ.
ޑްރޯނެއްގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ