ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް އެ ހިދުމަތް އަލުން ފޯރުކޮށްދީފިއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންދެވިފައެވެ.
އެހެންކަމުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައެވެ.
ސްޓެލްކޯއިން ވަނީ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުމަށް އެދިފައެވެ. އަދި ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ދާދި ފަހުންވެސް މުޅި މާލެ ސަރަޙައްދުގައި ކަރަންޓު ކެނޑިފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ރައީސް އޭރު އަންގަވާފައިވެއެވެ.
ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް ހުރިހާ ހިސާބަކަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ