ދިރާގު ގޭމާސް ގިލްޑާއި މިނީސޯ ގުޅިގެން އަގުހުރި އިނާމު ދޭ ޕްރޮމޯޝަން!
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މި ފުޓުބޯޅަ މޫސުމުގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ 'ގެސް ދަ ސްކޯ' ޕްރޮމޯޝަން ފަށައިފި އެވެ.މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުން މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ޕޮއިންޓް ހޯދައިގެން ލީޑަރބޯޑުގެ ކުރިއަށް އެރުމަށް ވާދަކުރެވޭއިރު ލީޑަބޯޑުގެ އެންމެ މަތީ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ.މީގެ ތެރޭގައި، މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް" އެއް ހިމެނެ އެވެ. މި ހާއްސަ އިނާމު ހުށަހަޅައިފައިވަނީ މިނީސޯ އިންނެވެ. މީގެ އިތުރުން "ޓީޓީ ރޭސިންގް" ގޭމިންގް ޗެއާ އާއި އެހެނިހެން އަގުހުރި އިނާމުތައްވެސް މި ޕްރޮމޯޝަނުގައި ހިމެނެ އެވެ.ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑީޖީޖީގެ ވެބްސައިޓުގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން ގުޅުން ބަދަހިކުރުމަށް އެކި ހަރަކާތްތައް ހިންގައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.މީގެ އިތުރުން ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ސޮނީ ސްޕޯޓްސް ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ