ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް، ރައީސް އޮފީހުގެ އިސް މަގާމަކަށް

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައިފި އެވެ.
އެ އޮފީހުގެ ވެބްސައިޓުން ދައްކާގޮތުން، މިދިޔަ އޭޕްރީލް 14 ވަނަ ދުވަހު ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނާޒިމް، މިނިސްޓަރުގެ ފެންވަރުގައި ހަމަޖެއްސެވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. 
އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މި ހަފުތާގެ ތެރޭގަ އެވެ.
The most trusted news source in the Maldives
މި ސަރުކާރާއެކު ނާޒިމް އެންމެ ފުރަތަމަ ވެސް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ. 
ނަމަވެސް މިދިޔަ އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ކަންކަން ހަރުދަނާކުރުމަށް ކަމަށް ވިދާޅުވެ 10 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް މިހާރު އިސް މަގާމުތަކެއް ދެއްވާފައިވެ އެވެ.
ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ގަތަރަށް އަދި އޭރު އިސްތިއުފާ ދެއްވި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ވަނީ ޔޫއޭއީގެ ސަފީރަކަށް އައްޔަންކުރަން މަޖލީހަށް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ