ކުރީގެ ރައީސުން މުޒާހައަރާކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ ކަނޑާލަން ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށް ދެމުން އަންނަނީ އެމްއެންޑީއެފުންނެވެ. މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންނަށް ސެކިއުރިޓީ ކަނޑާލަން ނިންމީ ރައްޔިޔުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.
ނަޝީދުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސެކިއުރިޓީ ކަނޑާލިޔަސް މުޒާހަރާއަށް ނުކުންނަވާނެ ކަމަށެވެ. އަދި އަމިއްލަ ސަލާމަތަށް ބެލެން ހުރި މިންވަރަކުން ބައްލަވާނެ ކަމަށެވެ.
"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް. އެއީ އިރާދަކުރެއްވިއްޔާ އެކަން ހިނގާނެ ގޮތެއް ނޫން. އަޅުގަނޑު ނުކުންނާނަން، ދެން އަޅުގަނޑުމެންނަށް ބެލެން ހުރި މިންވަރަކަށް އަޅުގަނޑުމެން ބަލާނަން. އަޅުގަނޑުމެންނަށް ސަލާމަތްތެރިކަން ހޯދެން އޮތް މިންވަރަކަށް ހޯދާނަން." ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ވެރިންނަށް ގިނަ ފަހަރު ހަމަލާ ދީފައި ހުރީ ސިޔާސީ އެއްވުންތަކުގަކަމަށާއި އެއްވުމަކަށް ވަޑައިގަންނަވާ ނަމަ ކުރީގެ ރައީސުންގެ ސެކިއުރިޓީ ކަނޑާލުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ސެކިއުރިޓީ ނުދިނަސް މުޒާހަރާތަކަށް ނުކުންނާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ