މާލޭ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު މިރޭ 22:49 ހާއިރު ލިބުމާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް މިހާތަނަށް ސާފުނުވާއިރު، ލިބުނު ގެއްލުންތައްވެސް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ހާދިސާގައި ފަސްވަނަ ފްލޯއަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ވެފައިވާ މަންޒަރު ފޯޓޯތަކުން ފެނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުންފަޅު ގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވާ މަންޒަރު ފެނެ އެވެ. އޭގެ އިތުރުން ހަތަރުވަނަ ފްލޯގެ ބެލްކަނީގައިވެސް އަލިފާން ރޯވެފައިވާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްވެސް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ