ލަންޑަނުގައި އީރާނުގެ ނޫސްވެރިއަކަށް ވަޅިން ހަމަލާދިން 2 މީހަކު ޖަލަށްލައިފި

އީރާނުގެ ނޫސްވެރިއަކަށް ވަޅިން ހަމަލާދިން މައްސަލައެއްގައި ރޮމޭނިއާގެ ދެ މީހުން ޖަލަށް ލާން ހުކުމް ކޮށްފިއެވެ. އަށް އަހަރާއި 12 އަހަރުގެ މުއްދަތަށް ޖަލަށް ލާން ހުކުމް ކުރި ދެ މީހުން އީރާން އިންޓަނޭޝަނަލްގެ ޕްރެޒެންޓަރެއް ކަމަށްވާ ޕޫރިއާ ޒެރާތީގެ ގަޔަށް ވަޅި ހަރާފައި ވަނީ 2024 ވަނަ އަހަރުގެ މާޗް މަހު ލަންޑަންގެ ވިމްބަލްޑަން ސަރަހައްދުގައި ހުންނަ އޭނާގެ ގެއިން ބޭރުގައެވެ. އެކާވީސް އަހަރުގެ ނަންޑިދޯ ބަޑޭއާއާއި 25 އަހަރުގެ ޖޯޖް ސްޓާނާގެ މައްޗަށް މިދިޔަ މަހު ޖޫރީން ވަނީ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ނިޔަތުގައި ޒަހަމްކޮށްލި ކަމަށް ކަނޑައަޅާފައެވެ. ފުލުހުން ބުނީ ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ ބަޑޭއާ އާއި އިތުރު މީހަކު ޒެރާޓީއަށް ހަމަލާދިނުމުގެ ކުރިން ސްޓޭނާ ދުއްވި ގެޓޭވޭ ކާރެއްގައި ފިލައިގެން ގޮސް ހީތްރޫ އެއާޕޯޓުން ގައުމުން ބޭރަށް ފުރައިގެން ދިޔަ ކަމަށެވެ. ބަޑެއާ އާއި ސްޓާނާ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރޫމޭނިއާގައި ހައްޔަރުކޮށް އިނގިރޭސިވިލާތާ ހަވާލުކުރިއެވެ. ގާޒީ ބޮބީ ޗީމާ-ގްރަބް ވިދާޅުވި ގޮތުގައި މިހާރު ހުރި ހެކިތަކުން އެނގެނީ އެ ހަމަލާއަކީ އީރާނުގެ ކަމާބެހޭ ފަރާތްތަކުން އަންގައިގެން ދިން ހަމަލާއެއް ކަމަށެވެ. އިނގިރޭސިވިލާތުގެ ސަލާމަތީ އޮފިޝަލުން ބުނާ ގޮތުގައި އިނގިރޭސި ބިމުގައި ޖިނާއީ ޕްރޮކްސީން އިދިކޮޅު މީޑިއާތަކަށާއި ޔަހޫދީ މުޖުތަމައަށް އަމާޒުކޮށްގެން ދޭ ގިނަ އަދަދެއްގެ ރޭވުންތަކުގެ ފަހަތުގައި އޮތީ އީރާނެވެ. އީރާނުގެ ތިއޮކްރެޓިކް ސަރުކާރަށް ފާޑުކިޔާ ކަވަރޭޖްތަކުގެ ސަބަބުން ސެޓެލައިޓް ނިއުސް ޗެނަލް އީރާން އިންޓަނޭޝަނަލް އަށް މީގެ ކުރިން ވަނީ އިންޒާރުތަކެއް ލިބިފައެވެ. ޒެރާތީ އަކީ އެ ޗެނަލްގައި ހައި ޕްރޮފައިލް މޫނެއް ކަމަށާއި، ޕީޖީން ބުނީ އޭނާގެ މޫނުގެ ބިލްބޯޑެއް އީރާނުގެ ވެރިރަށް އިން ފެނިފައިވާ ކަމަށާއި އޭގައި "ވޮންޓެޑް: ޑެޑް އޯ އަލައިވް" މެސެޖެއް ލިޔެފައިވާ ކަމަށެވެ. އިންޒާރުތައް އިތުރުވުމުން 2023 ވަނަ އަހަރު ވަގުތީ ގޮތުން ވޮޝިންޓަން ޑީސީގެ ސްޓޫޑިއޯތަކަށް އެ ސްޓޭޝަން ބަދަލުކުރިއެވެ. ފަހުން އެ ސްޓޭޝަން އަލުން ހިންގަން ފެށީ ލަންޑަނުގެ އާ ތަނެއްގައެވެ. އިނގިރޭސިވިލާތުގައި ހުންނަ އީރާނުގެ އިސް ޑިޕްލޮމެޓް ވަނީ މި ހަމަލާގެ ފަހަތުގައި ތެހެރާން އޮތް ކަމަށް ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ