ސައުދީ ސަރުކާރުން ރާއްޖޭގައި ސްކޫލުތަކެއް އަޅައިދީ ރާއްޖެއަށް ޓީޗަރުން ފޮނުވައިދޭން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ސްކޫލުތަކެއް އެޅުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ފާޅުކޮށްފައިވަނީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އަރިހަށް ސައުދީ ސަފީރު ބަދުރް އަލީ އަހްމަދު އަލްކަހައިލް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައެވެ.
އެ ބައްދަލުވުމުގައި ސައޫދީ ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް މިނިސްޓަރު އައިޝަތު ޝިހާމާއި ސަފީރު ހިއްސާ ކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި އތުރު ސްކޫލުތަކެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް ބޭނުންވާ ކަންކަން ވީހާވެސް އަވަހަށް ސައޫދީ ސަރުކާރާ ހިއްސާކުރައްވަން ސަފީރު އަލީ އަހުމަދު ވިދާޅުވި ކަމަށް ވެސް މިނިސްޓްރީޏް ބުންޏެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއަށް މިހާރުވެސް ސައުދީން ވަމުންދާ ބައެއް އެހީތަކާއި އެކަންކަން ކުރިއަށް އޮތްތަނުގައި އިތުރުކުރެވޭނެ ގޮތްތަކާމެދު މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
އެ ގޮތުން ސައުދީ ސަރުކާރުގެ އެހީގައި ދިވެހި 150 ދަރިވަރަކަށް ދެއްވާފައިވާ ސްކޮލާޝިޕްގެ ކަންތައްތައް އަވަސްކޮށްދިނުމާއި، ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ފަށާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ސައުދީ ސަރުކާރުން ފޮނުއްވަން ނިންމަވާފައިވާ ޓީޗަރުން ރާއްޖެ ގެނައުން އަވަސް ކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އަރަބި މީޑިއަމްގެ ސްކޫލްތަކަށް ބޭނުންވާ އުނގެނުމާއި އުނގަންނައިދިނުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ސައުދީ ސަރުކާރުން ރާއްޖޭގައި ސްކޫލް ތަކެއް އަޅައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ