ސީޕީ ހަމީދުއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރުމަށް މިނިސްޓަރ އިމްރާން އަންގަވަން ޖެހޭނެ: އުމަރު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި އޭނާގެ އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސާޝަލް މީޑިއާގައި އާންމުވެ ސީޕީ ހަމީދު ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރ ގެ ހައިސީއްޔަތުން އިމްރާން އަންގަވަން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 
ޓްވިޓާގައި އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ސީޕީ ހަމީދު އޭނާގެ އަންހެނުންނާއެކު ނައިޓް ކްލަބެއް ފަދަ ތަނެއްގައި ޕާޓީ ކުރަމުންދާ ތަނެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދު އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި މިއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއްވެސް ސާފެއް ނުވެއެވެ. 
މި ފޮޓޯތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ސީޕީ ހަމީދަށް އަމާޒް ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ  ޕޮލިސް ކޮމިޝަނަރ އާއި ބެހޭ ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، ހޯމް މިނިސްޓަރގެ ހުވަޔާ އެއްގޮތަށް މިނިސްޓަރ އިމްރާން އަމަލު ކުރައްވަންވާނެ ކަމަށެވެ. އެގޮތުން  ދިވެހި ފުލުހުންގެ ޤާނޫނު ގެ 23 (ބ) އާއި އެއްގޮތަށް މި މައްސަލަ ބަލަން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް މިނިސްޓަރ އިމްރާން މި މައްސަލަ ފޮނުވަން ޖެހޭނެ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. 
އުމަރު ވިދާޅުވީ އޭނާގެ ހޯމް މިނިސްޓަރު ކަމުގައި  މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު  ޤާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވި ކަމަށެވެ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލް ވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތަށް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ  ވަޒީރުގެ މައްސަލަ ވެސް ތަހުޤީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކުރެއްވިލަން އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ. 
މީގެއިތުރުން އުމަރު ވިދާޅުވީ ހޯމް މިނިސްޓަރ ކަން ކުރުމަކީ ތޯ ތޯ ކަމެއް ނޫން ކަމަށާއި ޤާނޫނު ގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވާދޭންވާނެ ކަމަށާއި އަދި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވަންވާނެ ކަމަށް ވެސް އުމަުރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ