އިންސާނީ ހައްގުގެ ދުވަހު ހައްގު ހޯދަން އެންމެން ނިކުމެ ނަތީޖާ ނެރެން އެބަޖެހެއެވެ. ރައްޔިތުން ފަޅީގައި ހުރެގެން ރައްޔިތުން ބިކަކޮށް ގަންހިންގާ ރައިސް މުއިއްޒު ބޮލަށް ރަނގަޅަށް ތެޔޮ އަރައިފިއެވެ.
އޭނާ ހުރިތާކަށް ރައްޔިތުންގޮސް ހައްގު ހޯދަން އުޅެފާނެތީ ގަންނާ ކުރައްވާ ބިރުން މާދަމާ ރޭ އޮންނަ ޖަލްސާއަށް މާލެއާއި ކައިރި ރަށްރަށުން މީހުން މާލެ އަރާފާނެތީ އަރިއަތޮޅާއި މާލެއަތޮޅުގެ ރަށްރަށަށް އަރާ ނަކަސް ތެޅިއަކަސް މީހުން ތިބީކީ ގުނބޯހެދޭ ގޮތަކަށް ނޫނެވެ.
އާސަންދައެއް ނުކަނޑާނަމޭ ބުނެ ބޭސްވިއްކާ މީހުނަށް ވަގަށް ގޮވީމާ ތަނެއް ދޮރެއް ނުބަލާ އަޅުކުދިން ބާރަށް އަތްޖެއްސަސް މީހުންނަށް ޖެހެމުންދާ ތަކުލީފު އެމީހުނަށް އެނގެއެވެ. ބޭނުންވާ ބޭސް ނުލިބިގެން މަރަށްތެޅޭ މީހުންގެ އާއިލާތަކަށް ކުރިން ނުޖެހޭ ތަކުލީފު ޖެހޭކަން އެމީހުންނަކަށް އޮޅުވައެއް ނުލެވެނެއެވެ.
ސަބްސިޑީ ނުކަނޑަމޭ ބުންޏަސް ކުރިން ދެއްކި ވަރަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކަރަންޓް ބިލާ ފެންބިލު ދައްކަން މިހާރު ޖެހޭކަން ގޭބިސީތަކަކަށް ނޯޅޭނެއެވެ.
އޯވަޓައިމާއި އެތައް އިނާޔަތެއް ކެނޑި ކުރިއަށްވުރެ މަދުފައިސާކޮޅެއް ގެއަށް ގެންދަން ޖެހުމުން މުއައްޒަފުންނަށް އެކަމެއް އޮޅުވައެއް ނުލެވޭނެއެވެ.
މަސްވެރިންނަށް ތެލާއި އައިސް ލިބުމުގައި ކުރިން ނުޖެހޭ އުދަނގޫ ޖެހުނީމާ އެކަމެއް ނޯޅޭނެއެވެ. މުޒާހަރާ ނުކޮށް ކިރިމަހަށް ލަރި ދީފައިނެތް ކަން މަސްވެރިންނަށް އެނގެއެވެ. މަހުގެ އަގު 25 އިން 15 އަށް ތިރިކުރުމުން އެކަން ހަޖަމެއް ނުވާނެއެވެ.
ދުނިޔެ ބަލަން ބައިހަދާފައި ކެނޑިނޭޅި ފަސްޓް ކުލާހުގައި ދަތުރު ކުރަމުން އާރުޓީއެލްގެ އަގުބޮޑު ކުރަން ނިންމާ ދަތުރުފަތުރު ރަނަށްވެއްޖެއެވެ. ސަރުކާރުން ޓެކްސީ ކުރަން އުޅުނީމާ ހީގަނެގެން މިހުނެއް ނުތިބެނެއެވެ.
ޓެކްސްތައް ބޮޑުކޮށްގެން މެދު އަދި ދަށްފަންތިގެ ގެސްޓުން އައުން މަދުވެ ގެސްޓް ހައުސް ވިޔަފާރިތައް ބަނގުރޫޓުވެ ދަރަނިވެރިވުމަކަށް ރުހިގެން ނުތިބޭނެއެވެ.
ގޯތިތައް ނުދީ ދިގު ދަންމާ ފްލެޓްތައް ހަވާލުނުކޮށް އޮޅުވާލާ އޮޅުވާލުން ރުހި ގަބޫލުވެގެން މީހުނެއް ނުތިބޭނެއެވެ.
ވެރިންނާއި ވެރިންގެ އައުވާނުން ދައުލަތް ފުޅިއްސާލަމުން މިހާރު ރައްޔިތުންނަށް ހިތިބޭސް ދީގެން 2026ގައި ވާނެ މޮޅެއްގެ ވާހަކަ ދައްކައިގެން ރައްޔިތުން ވަލެއް ނުވެއްދޭނެއެވެ.
ހަމަތެދެކެވެ. މުއިއްޒުގެ އުނދަގުލުން ރާއްޖެ މިންޖުނުކޮށް ފަސް އަހަރު ވަންދެން ލިޔަތީ އޮތަދޭކަށް ނުޖެހެއެވެ. ދޮގުހެދުމާ އޮޅުވާ ލުމުގައި އޭނާ ހުރީ އެނދު ކެނޑެފައެވެ. ބީތާ ކެޔޮޅަކު ބަހައްޓައިގެން ކަނޑުދުވަން ނިކުމެއުޅެގެން ފުރިތާ ނުޖެހި ކަނޑުވުމުގެ ކުރިން އޮޑިސަލާމަތް ކުރަން ޖެހެއެވެ.
ރައީސް ހުރިތާކަށް ހައްގު ހޯދަން ރައްޔިތުން ދާންޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ