އަވިން ކަރަންޓު އުފައްދައިދޭ ނިޒާމެއް ރަކީދޫގައި ގާއިމްކޮށްފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން ވ. ރަކީދޫގައި ގާއިމުކުރެވިފައިވާ އަވިން ހަކަތަ އުފައްދާ ހައިބްރިޑް ނިޒާމް އިފްތިތާހުކޮށްފި އެވެ.
ރަކީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މެންބަރު އެމްޕީ މޫސާ ނިޒާރުއާ، އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމްގެ އިތުރުން އޭޑީބީގެ ޑިރެކްޓަރ ޖެނެރަލް ހުން ކިމް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝަކޫރު ބައިވެރިވެވަޑައިގަތެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިޒާމު ގާއިމުކުރުމާއިއެކު ދުވާލުގަޑީގައި އެރަށަށް ކަރަންޓު ފޯރުކޮށްދެވޭނީ ޑީސަލް ޖެނެރޭޓަރު ނިއްވާލުމަށްފަހު އަވިން ލިބޭ ހަކަތައާއި ބެޓެރި ބޭނުންކޮށްގެން ކަމަށާއި އޭގެ ސަބަބުން ހަކަތަ އުފެއްދުމަށް އަންދާ ތެޔޮގެ 50 ޕަސަންޓު ކުޑަކުރެވޭނެ ކަމަށެވެ.
މިއަދު އިފްތިތާހު ކުރެވުނު އަވިން ހަކަތަ އުފައްދައި ހައިބްރިޑު ނިޒާމްގެ ތެރެއިން 29 ކިލޯވޮޓު ޕީކުގެ ސޯލަރ ޕީވީ ސިސްޓަމް އެއް ހިމެނެ އެވެ. އޭގެން އެރަށު ހެލްތު ސެންޓަރަށާއި ކައުންސިލް އިދާރާއަށް 12 ކިލޯ ވޯލްޓު ޕީކްގެ ކަރަންޓު ފޯރުކޮށްދޭނެ ކަމަށާއި އޭގެ އިތުރުން ވެސް 60 ކިލޯވޮޓުއަވާ ގެ ލިތިއަމް-އަޔޮން ބެޓެރި އަކާއި ރޭގަނޑަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި ބެޓެރީ ޗާޖުކުރުމަށް ޑީސެލް ބެކަޕެއް ހިމެނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، އަވިން ކަރަންޓު އުފެއްދުމަކީ ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް އާދަކުރަމުން އަންނަ ސަގާފަތެއް ކަމަށެވެ. ރާއްޖޭގެ އާމްދަނީގެ 20 ޕަސެންޓް ތެލައް ހަރަދުކުރާއިރު، ދުވާލުގެ ކަރަންޓް ސޯލާ ޕެނަލް ބޭނުންކޮށްގެން ހޯދޭނެ ގޮތް މުޅި ރާއްޖޭގައި ގާއިމްކުރެވިއްޖެ ނަމަ އެ ހަރަދު އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ޖީޑީޕީގެ ނިސްބަތް މަތިވެ، ތަރައްގީގެ އެހެނިހެން މަސައްކަތްތަކަށް ހަރަދުކުރާނެ ފައިސާ އިތުރުވެގެންދާނެ ކަމަށެވެ.
ރަކީދޫއަކީ ސަތޭކަ ވެސް ހަމަ ނުވާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެންވަޔަރަމަންޓް މިނިސްޓަރީން ބުނީ އެ ރަށުގައި މަޝްރޫއު ފެށީ މީހުން ގިނަ ރަށްރަށަށް އަވިން ކަރަންޓު އުފެއްދުމަކީ ކުރުން ރަނގަޅު އަދި ދެކޮޅުޖެހޭ ކަމެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ