ނ. އަތޮޅުގައި ޓައުންޝިޕް ތަރައްގީކުރާ ތަނުގައި ފިސްތޯލަ އެބަހުރި: ޝަމްހީދު

ނޫނު އަތޮޅު ދިގުފަރު ފަޅާއި ދެކެނެންފަރާއި ކުރަމާދޫގައި ކްރިސްޓަލް ހޯލްޑިންސް ކުންފުނިން 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ ޓައުންޝިޕް ޕްރޮޖެކްޓު ހިންގާ ތަނުގައި ފިސްތޯލަ އެބަހުރި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 
އަދަދު ނޫހުން ގެސްދޭ އެތެރެފުށް ޕްރޮގްރާމްގައި ޝަމްހީދު ވިދާޅުވީ ޓައުންޝިޕް ޕްރޮޖެކްޓް ހިންގާ ތަނުގައި ފިސްތޯލަ ހުރި ކަމަށް ނ. އަތޮޅަށް ނިސްބަތްވާ މެންބަރަކު މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ކޮމްބައިންކޮށް ބޭއްވިއިރު ފާހަގަކޮށްފައިވާ ކަމަށެވެ. 
Enterprise Development Industrial Pvt Ltd
MU STORE
MU STORE
"އޭރުގައި މަޖިލީހުގައި ވަރަށް ސީނިއާ މެންބަރަކު ވިދާޅުވި ހަމަ މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ކޮމްބައިންކޮށް އޮތްއިރު ބުނި އޭރުވެސް އެތާ އެބަހުއްޓޭ ފިސްތޯލަ. ނ. އަތޮޅަށް ނިސްބަތްވާ މެންބަރަކު ވިދާޅުވި،" ޝަމްހީދު ވިދާޅުވި އެވެ. 
ޝަމްހީދު ވިދާޅުވީ މަޝްރޫއާ ގުޅޭގޮތުން ކުރާ ތުހުމަތުތަކަކީ ތަހުގީގީ އިދާރާތަކަށް ގޮސްގެންވެސް ދެއްކޭނެ ވާހަކަތަކެއް ކަމަށާއި އެކަމާ ގުޅިގެން މެންބަރުން ވާހަކަ ދެއްކީ މަޖިލިސް ކޮމިޓީގައި ކަމަށެވެ. 
"އަޅުގަނޑު މިދެއްވި ވާހަކަ އަޅުގަނޑަށް ތަހުގީގީ އިދާރާގައި ދެއްކޭނެ. އަޅުގަނޑުމެން މިދައްކަނީ މަޖިލިސް ތެރޭގައި މަޖިލިސް ކޮމިޓީއެއްގައި ހަމަ އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ކޮމްބައިންކޮށް ކޮމިޓީއެއްގައި އެ ހިސާބަށް މަޖިލިސް މެންބަރަކު އެ ދެއްކި ވާހަކައެއް. އެ ތަނުން ހަމަ ބޭނުން ވަރަކަށް މިހާރު ސިނގިރޭޓް ވެސް ލިބެއޭ. އޭރު ސިނގިރޭޓު އަގުބޮޑުވެގެން އުޅޭއިރު،" އޭނާ ވިދާޅުވި އެވެ. 
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްގީކުރާ ސަސްޓެއިނެބަލް ޓައުންޝިޕުތަކަށް ޓެކްސް ލުއި ލިބޭނެހެން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރަން ވޯޓުދިނީ ލިބެންވާ ފައިސާ ލިބުމުން ކަމަށް މަޖިލިސް މެންބަރަކު ވިދާޅުވި ކަމަށް ޝަމްހީދު ފާހަގަކުރެއްވި އެވެ. 
މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ޝަމްހީދު ވިދާޅުވީ އެތަނުގައި ލިމިޓޭޝަނެއް ނެތް މިންވަރަކީ އަމިއްލަ ބޭންކުތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ބޭނުން ގޮތަކަށް ހިންގާ ބޭނުންވާ ކޮންމެ އެއްޗެއްވެސް އެތެރެކުރުމުގެ ހުއްދަ އޮތުން ކަމަށެވެ. 
"އެތާގެ ހުރިހާ ކަމަކީ އެއީ ހަމަ ގައުމެއް ގޮތުގައި ލިމިޓޭޝަނެއް އޮތް ކަމަކަށް އަދި ބެލެވޭކަށް ނެތް. ހަމަ ބޭންކިން ނިޒާމުވެސް ހިންގަންވީ. އެބޭފުޅުންގެ ބޭންކްވެސް ހިންގަންވީ. އެބޭފުޅުންގެ ސްކޫލްވެސް ހިންގަންވީ. ހޮސްޕިޓަލުވެސް ގައުމުގެ ހުރިހާ ކަމެއް ހިނގާނެ،" ޝަމްހީދު ވިދާޅުވި އެވެ. 
ޝަމްހީދު ވިދާޅުވީ މި މަޝްރޫއަށް ޓެކްސްގެ ގޮތުގައި ދީފައިވާ ލުއި އަހަރަކު 70 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.  އޭނާ ވިދާޅުވީ ދައުލަތަށް ބޮޑު ފައިދާއެއް ނުވާ ގޮތަށް ސަރުކާރުން އަމަލުކުރާނީ ކޮންމެވެސް އެހެން މީހަކަށް އޭގެއިން ފައިދާތަކެއްވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 
 ލަގްޒަރީ އަދި ރެޒިޑެންޝަލް ކޮމްޕޯނަންޓުތައް ގުޅުވައިދޭ މި ޓައުންޝިޕުގައި ތަރައްގީކުރާ ހެލްތުކެއާ ފެސިލިޓީއާ އެކީ، މެޑިކަލް އަދި ވެލްނަސް ޓޫރިޒަމުގައި ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި ފައިހަމަކުރަން ވެސް ފުރުސަތު ލިބިގެން ދާނެ އެވެ.
އޭގެ އިތުރުން، މި ޓައުންޝިޕްގައި ބައިނަލްއަގްވާމީ ހޮސްޕިޓަލިޓީ އަދި ލީޑަޝިޕް ސްކޫލަކާއި ކުރިއަރާފައިވާ ދަނޑުވެރިކަމާއި އެކުއާކަލްޗާ ނިޒާމުތަކަށް ހާއްސަ ރަށެއް ވެސް ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި، މި ތަނަށް ބޭނުންވާ ކަރަންޓުގެ 60 ޕަސެންޓު އުފައްދަނީ އިޔާދަކުރަަނިވި ހަކަތައިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ޓައުންޝިޕުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އަންދާޒާ ކުރާ ތާރީހަކީ 2028 އެވެ. މިއީ އެކީ ވަޒިފާގެ ފުރުސަތުތަކާއި، ސަރަހައްދީ ވިޔަފާރި ހަރަކާތްތައް ސިންދަފާތުވެ، ގައުމީ ތަރައްގީގެ އަމާޒުތަކަށް ވާސިލުވާން ފަހިކޮށްދޭން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ