ޑޮކްޓަރުންގެ ޓީމަކާ އެކު އެސްއެސްޓީވީން މެޑިކަލް ސީރީޒްއެއް ފަށަނީ

ސިއްޙީ ދާއިރާއަށް ޚާއްސަކޮށްގެން އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު "ސިއްޙީ މައިޒާން"ގެ ނަމުގައި ޓީވީ ޝޯއެއް ގެނެސްދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. "ސިއްޙީ މައިޒާން" އަކީ ތަފާތު އެކި ކަހަލަ ސިއްޙީ މައުލޫމާތުތައް ހިމެނޭހެން އެސްއެސްޓީވީން ޑރ. މުފްލިހާ އާއި ޑރ. މުހައްމަދު އަލީއާއެކު ގެނެސްދޭ ރިއާލިޓީ ޝޯއެކެވެ. މި އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. އަދި ޑޮކްޓަރުންގެ ފަރާތުން ސޮއިކުރެއްވީ ޑރ. މުފްލިހާއެވެ. މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާއަށް ޚާއްސަ މައުލޫމާތުތަކެއް އެކުލެވޭ މި ޝޯ ކޮންމެ ހަފުތާއަކު ވެސް އެއް ރޭ އެސްއެސްޓީވީން ދައްކާނެއެވެ. މި ޝޯގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެއެވެ. ސިއްޙީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ ޑރ. މުފްލިހާ ވިދާޅުވީ، ޝޯގެ މަގުސަދަކީ ސިއްޙީ ދާއިރާއާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް އާއްމުންނަށް ފޮރުކޮށްދިނުން ކަމަށެވެ. އަދި "ސިއްޚީ މައިޒާން" ޝޯއަކީ ތަފާތު ގޮތަކަށް، އާއްމުން ޝައުގުވެރިވާ މުހިއްމު އަދި ބޭނުންތެރި މައުލޫމާތުތަކެއް ފޯރުކޮށްދޭ ޝޯއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެކި ކަހަލަ ބޭނުންތެރި ސިއްޚީ މައުލޫމާތު ދޭނެ މީގެ ތެރެއިން. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް.،" އޭނާ ވިދާޅުވިއެވެ. ސިއްޚީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ ޑރ. މުފްލިހާ ވިދާޅުވި ގޮތުގައި ސިއްޚީ މައިޒާނަކީ ބެލުންތެރިން ބައިވެރިކުރުވައިގެން ކުރިއަށްގެންދާ ޓީވީ ޝޯއަކަށް ވާނެއެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ، ސިއްޙީ ދާއިރާއާ ބެހޭ ގޮތުން ބޭރު ޓީވީ ޝޯތައް ގެނެސްދޭ ގޮތަށް ބޮޑެތި އަދި ފައިދާހުރި ޝޯއެއް ގެނެސްދޭން ބޭނުންވާ ކަމަށާއި، ސިއްޙީ މައިޒާނަކީ ވެސް ތަފާތު ދައްކާ އަދި ބޭނުންތެރި ޝޯއަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ސިއްޚީ ދާއިރާއަށް ހާއްސަ ޓީވީ ޝޯއެއް ގެނެސްދިނުމަށް އެސްއެސްޓީވީ އާއި ޑރ. މުހައްމަދު އަލީ އަދި ޑރ. ފާތިމަތު މުފްލިހާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ މިކަމާ ގުޅިގެން އެސްއެސްޓީވީގެ ފަރާތުން ސީސީއޯ ޒަހީން ވަނީ މިފަދަ ބޭނުންތެރި ޓީވީ ޝޯއެއް ގެނެސްދިނުމަށް ޑރ. މުހައްމަދު އަލީ އަދި ޑރ. މުފްލިހާ ވެސް ގެންގުޅުއްވާ ޝައުގުވެރިކަމާއި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި "ސިއްޚީ މައިޒާން"އަކީ އާއްމުން ޝައުގުވެރިކުރުވާ، ބޭނުންތެރި އަދި ކާމިޔާބު ޓީވީ ޝޯއަކަށް ވާނެ ކަމަށް ޒަހީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ