އެ ޕާޓީން މިއަދު ބުނި ގޮތުގައި އެ ނިންމުމާއެކު ޕާޓީގެ ޕްރައިމަރީއަށް ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓަކު ނެރެން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ބުނި ގޮތުގައި އެ ނިންމުމާއެކު ޕާޓީގެ ޕްރައިމަރީއަށް ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުމުގެ ފުރުސަތު މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.އަދި ޕްރައިމަރީ ބާއްވަން ޖެހިއްޖެނަމަ މި މަހުގެ 10 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން ވަނީ ނިންމާފައެވެ.ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު، ގާނޫނީ ވަކީލު އިބްރާހިމް ރިޒާ ކުއްލި ގޮތަކަށް ގައުމުން ބޭރުގައި އަވަހާރަވުމާ ގުޅިގެނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައި އެކަން ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓް ނަގާ ތާރީހު އިލެކްޝަނުން ދިން ނަމަވެސް އިންތިހާބަށް އަދި ގޮވައެއް ނުލަ އެވެ.މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުށި ހިމެނޭ ގޮތަށް ތިން ރަށެވެ. ދާއިރާގައި އަބަދުވެސް ނުފޫޒު ގަދަވެފައި ސަޕޯޓް ބޮޑީ އިދިކޮޅު ޕީޕީއެމެވެ. އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. ޕީޕީއެމުން އަދި ޕްރައިމަރީއަށް ހުޅުވައެއް ނުލައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެމްއެންޕީން ގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ