ޝީގެ އެންމެ އަރިސް ޖެނެރަލް އަށް ތުހުމަތުތަކެއް، ތަހުގީގެއް ފަށައިފި!

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ އެންމެ އަރިސް އެންމެ އިސް ޖެނެރަލް އާ ގުޅޭ މައްސަލައެއް ފެންމަތިވެ ތަހުގީގެއް ފަށައިފިއެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، 'އަހުލާގީ މިންގަނޑުތަކާއި ގާނޫނާ ހިލާފު އަމަލުތަކެއް' ގެ ތަހުގީގު ފަށާފައި ވާ ކަމަށެވެ.
އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް، ޗައިނާގައި އިސް ޖެނެރަލުންނާ ގުޅޭ މިފަދަ މައްސަލަތައް ބަލަމުން ދަނީ ކޮޕަރްޝަންގެ އަމަލުތަކުގެ ގޮތުގައި ބަލައިގެންނެވެ. ރަޝިއާގައިވެސް މިފަދަ ސަގާފަތެއް އޮވެއެވެ. އަދި ޔޫކްރައިންގައި ވެސް އިސް ޖެނެރަލުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ ތަހުގީގު ކުރެއެވެ.
ޗައިނާގެ އެންމެ އިސް ޖެނެރަލް ޒަންގް ޔޫޝިއާ އާ ގުޅޭ މައްސަލަތައް ބަލަން ފަށާފައި ވާއިރު އިތުރު ޖެނެރަލެއް ކަމަށް ވާ ލިއު ޒެންލީ އާ ގުޅޭ މައްސަލަތަކެއްވެސް ބަލަމުން ދާ ކަމަށް ހަބަރުތަކުން ބުނެއެވެ.
މި ޖެނެރަލުންގެ މައްސަލަތައް ފެންމަތިވި އިރު ހުސްވި އޮކްޓޯބަރުން ފެށިގެން ޖުމްލަ 9 ޖެނެރަލަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.
ޗައިނާގެ އަސްކަރިއްޔާގެ ކޮމާންޑަރު އަދި ރައީސް ޝީ ގެ ނައިބެއްގެ ގޮތުގައި ހުންނެވި ޒެންގް އަކީ އުމުރުން 75 އަހަރުގެ ބޭފުޅެކެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އުފަން ކުރުމުގެ ބާނީންގެ ތެރޭގައި އޭނާގެ ބައްޕަ ހިމެނޭ އިރު، ޒެންގް އަކީ، 20 މެންބަރުންގެ މައްޗަށް ހިމެނޭ އެންމެ އިސް އާރުކާޓީގައި ވެސް އިންނަވާ ބޭފުޅެކެވެ.
ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި އެންމެ ހާއްސަކަމެއް ދީގެން ބަލައި ފާރަވެރިވާ އެއްކަމަކީ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ވާއިރު، ޝީ ވިދާޅުވެފައި ވަނީ އެ ޕާޓީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީވެސް އެއީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ