ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
'ޖޮބް-ރެޑިނަސް ޕްރޮގްރާމް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ މާޙައުލަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރު އިތުރުކުރަން ބޭނުންވެފައިވާކަން ފާހަގަކުރެވި، މި ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމުގެ ކުރިން، މި ފަރާތްތަކަށް ބޭނުންވާ އަސާސީ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗް 26 ޖޫން އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާރު، މި ބެޗު ކާމިޔާބުކަމާއިއެކު 12 ފަރާތަކުންވަނީ ފުރިހަމަކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ދެވަނަ ބެޗް 5 މެއި އިން 2 ނޮވެމްބަރ 2025 ގެނިޔަލަށް ކުރިއަށް ގެންގޮސްފައިވާރު، 10 ފަރާތަކުން ވަނީ ކާމިޔާބުކަމާއިއެކު ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު 12 ޖެނުވަރީ 2026 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު އެދިލައްވާ ފަރާތްތަކުން 7206558 ނަންބަރުން ވައިބަރ މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި (08:00-14:00) 1433 ކޯލްސެންޓަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ލިންކު: https://forms.gle/vPL5vuZdpvQSnix6A
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ