ކުދި ވިޔަފާރިތަކަށް އެލައިޑުން ސިއްހީ އިންޝުއަރެންސް ޕެކޭޖުތަކެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެލައިޑު އިންޝުއަރެންސް އިން ހާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެލައިޑުން ބުނީ މި ޕެކޭޖުތައް ތައާރަފު ކުރީ މިފަދަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ވިޔަފާރިތަކުން ބޭނުންވާތީ ކަމަށެވެ.
ތަފްސީލް - އެލައިޑުން ތައާރަފު ކުރި 'ކޯޕަރޭޓު ގްރޫޕު ހެލްތު އިންޝުއަރެންސް' އަކީ އެސްއެމްއީތަކަށާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުބާރު ހުރި، ރައްކާތެރި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގްރޫޕް ހެލްތު އިންޝުއަރެންސްގެ ދަށުން ކަވަރޭޖު ލިބޭނީ: 
އިންޕޭޝަންޓު ހިދުމަތްތައް: ހޮސްޕިޓަލުގައި އެޑުމިޓުކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ
އައުޓް ޕޭޝަންޓު ހިދުމަތް: ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުން އަދި ބޭސްފަރުވާގެ އެހެން ހަރަދު
މި ޕްލޭމްތަކުގެ ދަށުން 'ޕާސަނަލް އެކްސިޑެންޓު ކަވަރޭޖު' އިހުތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ
އެލައިޑުން ބުނީ މިއީ މެނޭޖު ކުރަން ފަސޭހަ، މުވައްޒަފުންގެ އަދަދަށް ބަލާ، ވިޔަފާރިއަށް އެންމެ އެކަށޭނަ ގޮތަށް ބަދަލު ގެނެވޭނެ ޕެކޭޖުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ