މޮރޮކޯގައި މިހާރު ކުރިއަށް ދާ އެފްރިކާ އޮފް ނޭޝަންސްގައި ގޭބޮންއަށް ލިބުނު ދަށް ނަތީޖާއާ އެކު މުޅި ގައުމީ ޓީމު ސަސްޕެންޑްކުރަން، އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މި ސަސްޕެންޝަންގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަދި ޔޫރަޕްގެ ފުޓްބޯޅާގައި ވެސް މަޝްހޫރު ނަމެއް ކަަމަށްވާ ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ގައުމީ ޓީމަށް ކުޅުން މަނާ ވެސް ކޮށްފަ އެވެ.
ގޭބޮން ސަރުކާރުގެ ނިންމުން އައީ ގްރޫޕް އެފްގެ ފަހު މެޗުގައި އައިވަރީ ކޯސްޓް އަތުން 3-2 އިން ބަލިވުމާ އެކުގަ އެވެ. އެ މެޗުގެ ކުރިން ވެސް ގޭބޮން ވަނީ މުބާރާތުން ކަޓައިފަ އެވެ. މުބާރާތް ނިންމާލީ އެންމެ ޕޮއިންޓެއް ވެސް ނުލިބި ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.
ގައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކުރުމުގެ އިތުރުން މިހާރުގެ ކޯޗު ތިއަރީ މޮޔޫމާ ވެސް މަގާމުން ވަކިކުރި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓަރު ސިމްޕްލައިސް ޑެސިއާ މެމްބޯލާ ވިދާޅުވީ ގްރޫޕް ސްޓޭޖްގައި މޮޒަމްބީކް އަތުން ބަލިވުމަކީ ގައުމަށް ވެސް ބޮޑު ލަދެއް ކަމަށެވެ.
ފްރާންސްގެ މާސޭއަށް މިހާރު ކުޅެމުން އަންނަ އޮބާމަޔަން ވަނީ، އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން، އައިވަރީ ކޯސްޓްގެ މެޗުގެ ކުރިން އެނބުރި ފްރާންސަށް ގޮސްފަ އެވެ.
ސަރުކާރުގެ ނިންމުމާ ބެހޭ ގޮތުން އޮބާމަޔަން ބުނީ އޭނާ ކަހަލަ ވަކި ކުޅުންތެރިޔަކަށް ވުރެ ޓީމުގެ މައްސަލަތައް މާ ފުން ކަމަށެވެ.
ގޭބޮން ސަރުކާރުން އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ