އިމާޖެންސީ ނޫން ހާލަތްތަކުގައިވެސް އެމްބިއުލާންސްގެ ހިދުމަތްދޭން ނިންމައިފި
އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ ހާލަތްތައް އަންނަ މަހުން ފެށިގެން އިތުރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.ރައީސް ވިދާޅުވީ އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ގެނެވޭ މީހުންނާއި މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް އެޕްރީލް 1 އިން ފެށިގެން އާސަންދަ ލިބޭނެ ކަމަށެވެ. އާސަންދަ މެދުވެރިކޮށް އެމްބިއުލާންސަށް އެދެވޭނެ ހާލަތްތައް- އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށް- މައްޔިތުން އެމްބިއުލާންސްގައި އުފުލުން- އެނދުމަތިކުރެވިފައިވާ ފަރާތްތައް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް- ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހިމެނޭ ގޮތަށް) އައުޓްޕޭޝަން ޚިދުމަތް ހޯދުމަށް- ސިއްޙީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތްތައް އެހެން އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ގެންދިއުމަށް- އިވެކުއޭޓް ކުރެވޭ ހާލަތުގައި ބަލިމީހާ ޖެޓީ/އެއަރޕޯޓަށް ގެންދިއުމަށްރައީސް ވިދާޅުވީ މި ނިންމުން ނިންމީ ވަރަށް ގިނަ ދުވަހު މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.އެ ގޮތުން މި ނިންމުން ނިންމީ ޓެކްނިކަލް ގޮތުންނާއި ބަޖެޓުގެ ގޮތުންނާއި އޮޕަރޭޝަންގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ