ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރަން ދަތިވާކަމަށް ބުނެ، އެކަމަށް ހައްލެއް ހޯދައިދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެދެމުންދާތީ، ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި ދޫކޮށްލުމުން، ފްލެޓަށް ކުރިމަތި ލެވޭގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގޯތި ހެދުމަކީ އަމިއްލައަށް ކުރަން ޖެހޭ ކަމަކަށް ވެފައި، ގުޅިފަޅާއި ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި އިތުރު މަސައްކަތްތައް ނިންމަން ވަގުތު ނަގާނެތީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
"ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން ނިންމާފައި، ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބިފައި ތިބި ފަރާތްތަކަށް އެ ގޯތިތައް ދޫކޮށްލާފައި ފްލެޓު ހޯދުމުގެ ފުރުސަތު ހުޅުވާލާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިހާތަނަށްވެސް އެކި ބަދަލުތައް ގެންނަން ނިންމާފަވަނީ ރައްޔިތުންނާއެކު ކުރިއަށްގެންދިޔަ އެކި ބައްދަލުވުންތަކުގައި އެގޮތަށް އެދެމުންދާތީކަމަށެވެ.
ގޯތި ދޫކޮށްލުމުން ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ