ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތް 'ވޯކިން ކެޕިޓަލް ފައިނޭންސިން' އިއްޔެ ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ފައިނޭންސިން ފެސިލިޓީ ތައާރަފްކުރީ އެސްއެމްއީ ޑިޖިޓަލްއިން ހދ. ކުޅުދުއްފުށީގަ އެވެ.
ތަފްސީލް - މި ފެސިލިޓީގެ ދަށުން:
2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާނެ؛ ރަހުނަކާ ނުލާ 1 މިލިއަން ރުފިޔާއާ ހަމަަށް ލިބޭނެ
ފެސިލިޓީ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ
6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ
އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ވިޔަފާރި ހިންގާތާ މަދުވެގެން 6 މަސްވެފައިވާ ވިޔަފާރިތަކަށެވެ.
ބުނީ ކީކޭ؟ - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، ވިޔަފާރިތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވަނީ އިންވެސްޓްމަންޓް ފައިނޭންސިން އެކަންޏެއް ނޫނެވެ. އެގޮތުން، އެސްއެމްއީ ޑިޖިޓަލްއަށް ހުށަހަޅާ ގިނަ ފަރާތްތަކަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިތަކުން ސަލާމަތްވާން ބޭނުންވާ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވޯކިން ކެޕިޓަލް ފައިނޭންސިން ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާ އެކު އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުން. މިއަދު ތައާރަފުކުރި މި ލުއި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެސްއެމްއީ ޑިޖިޓަލްއިން ކުރު މުއްދަތުގެ ފައިނޭންސިން ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ