ދިރާގުގެ ޕާޓްނަރު ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި

ދިރާގުގެ ޕާޓްނަރު ފިހާރައެއް ވިލިމާލޭގައި ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ވިލިމާލޭގެ މުހްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ.
ތަފްސީލް - މިއާ އެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މާލެއަށް ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާ އެކު ލިބޭނެ އެވެ.
މި ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:
ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން
ޕްރީޕެއިޑް ރީޗާޖުކުރުން
ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން
މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން:
މި ފިހާރަ މެދުވެރިކޮށް ދިރާގުގެ ލިމިޓެއްނެތް ފައިބަ 20އެމް އަދި މަތީގެ ޕެކޭޖްތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓަރު އަދި ހިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބޭނެ 
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހު 9ގެ ނިޔަލަށް
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަހަށް އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ