20 ރުފިޔާއާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ ވިިހި ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފި އެވެ.އެމްއެމްއޭއިން ބުނީ އެ ފައިސާއަކީ އިގުްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށް ބިނާކޮށާއި އެމްއެމްއޭއަށް ލިބޭ ބައުވެ، ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރޭ ބެޗެއް ކަމަށެވެ.މަރުކަޒީ ބޭންކުން ބުނީ މިއަދު ބާޒާރަށް ނެރުނު ފައިސާގެ ތެރޭގައި ހިމެނެނީ މި މަހުގެ ދެވަނަ ދުވަހު އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިދިޔަ އާދިއްތައިގައި ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށެވެ.ސްޓޮކް މަދުވުމުން އާ ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ