ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތަކުގެ ލިސްޓް އާއްމުކޮށްފި

2024 ވަނައަހަރުގެ ނިޔަލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ބަޔާން ހުށަނާޅާ ކުންފުނިތަކުގެ ލިސްޓް އާއްމުކޮށްފިއެވެ.
މިފަހަރުގެ ލިސްޓްގައި، ރިސޯޓުތައް ހިންގާ ބައެއް ކުންފުނިތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް ކުންފުނި ހިމެނޭހެން، 2024ގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ 48 ކުންފުންޏެއް ހިމެނެއެވެ.
މިފަހަރުގެ ލިސްޓުގައި ބަޔާންކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި، އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި، ސައުތު ޕާމް މޯލްޑިވްސްއާއި، ސެންޓުގެ ވިޔަފާރިކުރާ ޕޮއިސް ޑިސްޓްރިބިއުޓާސް ކުންފުންޏާއި، ޕްލުމޭރާ ހޮޓެލްސް އެންޑް ރިސޯޓްސްއާއި، ކޮމްޕިއުޓަރުގެ ވިޔަފާރިކުރާ މެގަޗިޕް އިލެކްޓްރޯނިކްސް ކުންފުންޏާއި، ހާޑްވެއާ ސާމާނުގެ ވިޔަފާރިކުރާ އޭއެޗް ބްރަދާސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ