ވީއައިއޭގައި ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ އެމްއޭސީއެލްއިން ބޮޑުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އެކި އޮޕަރޭޝަންތަކާއި ފަސިންޖަރުންގެ ހިދުމަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރުން ނަގާ ފީތައް އެމްއޭސީއެލްއިން ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލްއިން މި އަގުތައް ކަނޑައަޅަނީ ސެޓްފިކެޓް އޮފް އެންޓައިޓްލްމަންޓް (ސީއޯއީ) ނިޒާމެއްގެ ދަށުން، އަހަރީ ސީއޯއީ ޕާމިޓެއް ދޫކުރާ ގޮތަށެވެ.
އެގޮތުން، ދެ ކެޓަގަރީއަކަށް ބަހާލައިގެން މިއަހަރަށް އެމްއޭސީއެލްއިން ކަނޑައެޅި ފީތަކަކީ:
އޮޕަރޭޝަނަލް ވެހިކަލް: ސްޓޭންޑަޑް ރޭޓު - އަހަރަކަށް 3،000 ޑޮލަރު، ޑިސްކައުންޓެއް ނުލިބޭނެ
ޕްރިމިއަމް ވެހިކަލް: ސްޓޭންޑަޑް ރޭޓު - އަހަރަކަށް 24،000 ޑޮލަރު، މިއަހަރަށް ދޭ ޑިސްކައުންޓު އަގަކީ 14،400 ޑޮލަރު
ތަފްސީލު - އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރިމިއަމް ވެހިކަލްތަކަށް މިއަހަރު ދޭން ކަނޑައެޅި ޑިސްކައުންޓު އަގު ލިބޭނީ މިހާރު ބޭނުންކުރަމުން އަންނަ އުޅަނދުތަކަށެވެ. އާ އުޅަނދުތަކުން ފީ ދައްކަން ޖެހޭނީ ސްޓޭންޑަޑް ރޭޓުގަ އެވެ.
'ދައުރު'އަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މިހާތަނަށް ނަގަމުން އައީ އަހަރަކަށް 250 އާއި 500 ޑޮލަރުގެ އަގެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ